ގެއްލިގެން ހޯދި މީހާ އަމިއްލައަށް ގެޔަށް
ގެއްލިގެން ހޯދި މީހާ އަމިއްލައަށް ގެޔަށް

ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔަ އަންހެން މީހާ މިރޭ ފެނިއްޖެ އެވެ.

އުމުރުން 53 އަހަރުގެ އާތިފާ އަބްދުﷲ ގެއްލިގެން ހޯދަން އިއުލާންކުރީ އޭނާ ރެއިން ފެށިގެން ހަބަރެއް ނުވާތީ އެވެ. އޭނާ ހޯދުމަށް އާންމުންގެ އެހީއަށް ފުލުހުން އެދުނެވެ.

ފުލުހުން ބުނީ އާތިފާ ފެނުނީ އޭނާ މިރޭ އަމިއްލައަށް ގެއަށް ދިއުމުން ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީހުން ގެއްލިގެން ދޭތެރެ ދޭތެރެއިން ފުލުހުން ހޯދަން އިއުލާންކުރެ އެވެ. އޭގެ ތެރެއިން ގިނަ މީހުން ފަހުން ވަނީ ފެނިފަ އެވެ.