30 ޖޫން 2023 - 16:01

މާލޭ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ފުލުހުން ބުނީ ހެންވޭރުގެ ގެއެއްގައި "ޚަބަރު ހުސްވެފައިވާ މީހަކު" އޮތް ކަމުގެ މައުލޫމާތު މިއަދު މެންދުރު 1:20 ހާއިރު ލިބިގެން އެ މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ފުލުހުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނި ކަމަށެވެ.
މަރުވެފައި އޮއްވައި ފެނުނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާ މަރުވެފައި އޮތީ ހ. ހާޅަލަމާ ގްރައުންޑް ފްލޯގަ އެވެ. މިއީ އޭނާއާ ގުޅުމެއް އޮންނަ ގެއެއް ނޫން ކަމަށްވެ އެވެ.
މި މީހާ މަރުވީ ކަރަންޓު ކޭބަލްތަކެއް ވަގަށް ނަގަށް އުޅެނިކޮށް ކަރަންޓުގައި ޖެހިގެން ކަމަށް އަޑު ފެތުރިފައިވެ އެވެ. އެކަމަކު މަރުގެ ސަބަބެއް ފުލުހުން ނުބުނެ އެވެ.