ސިމްޑީއިން "ބޮން ކެފޭ، އައިކަފީ" ކޮފީ ސީރީޒް ރަސްމީކޮށް ނެރެފި
ސިމްޑީއިން "ބޮން ކެފޭ، އައިކަފީ" ކޮފީ ސީރީޒް ރަސްމީކޮށް ނެރެފި

ސިމްޑީއިން ވިއްކަމުން ދިޔަ "ބޮންކެފޭ އައިކަފީ"ގެ ކޮފީ ދަޅު ރާއްޖޭގެ މާކެޓަށް ރަސްމީކޮށް ނެރެފި އެވެ.

ސިމްޑީއިން "ބޮން ކެފޭ، އައިކަފީ" ކޮފީ ސީރީޒް ރަސްމީކޮށް ނެރެފި
ސިމްޑީއިން "ބޮން ކެފޭ، އައިކަފީ" ކޮފީ ސީރީޒް ރަސްމީކޮށް ނެރެފި

އެކި ވައްތަރުގެ ސްޕައިސް ރަހަތައް ހިމެނޭ މި ކޮފީގެ ތިން ވައްތަރެއް ސިމްޑީއިން ވަނީ ނެރެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މަސާލާގެ ރަހަ ހިމެނޭ "މަސާލާ ލާޓޭ"، ފޮނިތޮށީގެ ރަހަ ހިމެނޭ "ސިނަމަން ލާޓޭ" އަދި ކާފުރުތޮޅީގެ ރަހަތައް "ކާޑަމޮމް ލާޓޭ" އެވެ.

"އައިކަފީ" ކޮފީ ސީރީޒްގައި ހިމެނޭ ތިން ވައްތަރުގެ ކޮފީ އަކީ ވެސް ލޯ ފެޓް، މިލްކް ކޮފީ އެވެ.

ސިމްޑީއިން ބުނީ ފާއިތުވި ހަފްތާގައި އޮތް ފުޑްކާނިވަލުގައި "އައިކަފީ"ގެ ރަހަތައް ފްރީ ޓޭސްޓިންގެ ގޮތުގައި ދިން ކަމަށާއި، އެ ރަހަތަކަކީ ގިނަ ބަޔަކަށް ކަމުދިޔަ ރަހަތަކަކެއް ކަމަށެވެ. އަދި މި ކޮފީ ސީރީޒް ރަސްމީކޮށް ތައާރަފް ކުރީ ވެސް ދިވެހިންގެ ފަރާތުން ލިބުނު ތަރުހީބުގެ ސަބަބުން ކަމަށް ސިމްޑީއިން ބުންޏެވެ.

"ބޮން ކެފޭ"ގެ "އައިކެފޭ" ސީރީޒްގެ ރަހަތައް ވެސް ސިމްޑީއިން ދަނީ ވިއްކަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ "އައި ކެފޭ ލާޓޭ، މޮކާ އަދި ފްރެންޗް ވެނިލާ" އެވެ.

"އައިކަފީ"ގެ އެކި ފްލޭވާތައް ހޯލްސޭލް އަދި ރީޓެއިލްކޮށް ސިމްޑީ ސީޕީޑީ ޝޯރޫމުން ލިބޭނެ އެވެ.