އިލާލާއަށް ޓީޝާޓާއި ޖިންސުގެ އާ ސްޓޮކެއް
އިލާލާއަށް ޓީޝާޓާއި ޖިންސުގެ އާ ސްޓޮކެއް

ފިރިހެނުންނަށް ހާއްސަ ހެދުން ވިއްކާ ފިހާރަ، އިލާލާއަށް ޓީޝާޓާއި ޖިންސުގެ އާ ސްޓޮކް ގެނެސްފި އެވެ.

އިލާލާއިން ބުނީ އަޟްހާ އީދާއި ދިމާކޮށް ގެނައި ސްޓޮކްގައި ޓޮޕްމަން އަދި ޒާރާގެ ޓީޝާޓާއި ލީވައިސް ޖިންސު ހިމެނޭ ކަމަށެވެ. އަދި މިއީ ދިވެހިންގެ މެދުގައި މަގުބޫލު ބްރޭންޑުތަކެއް ކަމަށް އެ ފިހާރައިން ބުންޏެވެ.

އަލަށް ގެނައި ސްޓޮކުގައި ހިމެނެނީ އެކި ސައިޒުތަކުގެ ޓޮޕްމަން ޕްލެއިން އަތް ކުރު ޓީޝާޓާއި ޒާރާގެ ސްވެޓާ ސްޓައިލްގެ އަތްދިގު ޓީޝާޓެވެ. މި ޓީޝާޓުތަކުގެ އެކި ކުލަތައް ލިބެން ހުންނާނެ ކަމަށް އިލާލާއިން ބުންޏެވެ.

އެ ފިހާރައަށް ގެނެސްފައިވާ ލީވައިސް ޖިންސުގައި ހިމެނެނީ ސްލިމް ފިޓް އަދި ސްޓްރެއިޓް ކަޓް ޖީންސެވެ. މި ޖީންސުތަކުގެ ވެސް އެކި ސައިޒުތައް ލިބެން ހުންނާނެ ކަމަށް އިލާލާއިން ބުނެ އެވެ.

އިލާލާ ފިހާރާގައި، އެ ފިހާރައިގެ އަމިއްލަ ބްރޭންޑް "ކައުރީ"ގެ ގަމީހާއި ޓީޝާޓު ވެސް ލިބޭނެ އެވެ.

އިލާލާގައި ފިރިހެނުންނަށް ހާއްސަ ގަމީހާއި ޓީޝާޓު އަދި ޖިންސާއި ސޯޓުގެ އިތުރުން އެކި އެސަސަރީސް ވެސް ލިބޭނެ އެވެ.