ކުރީގެ ހަނދާންތަކާ ގުޅުވައިގެން ދިވެހި ސަޕޯޓަރުންނަށް "ޖާޒިއާ"ގެ ހާއްސަ ޖާޒީ
ކުރީގެ ހަނދާންތަކާ ގުޅުވައިގެން ދިވެހި ސަޕޯޓަރުންނަށް "ޖާޒިއާ"ގެ ހާއްސަ ޖާޒީ

މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ޓީމަށް ސަޕޯޓުކުރުމަށް، ސަޕޯޓަރުންނަށް ހާއްސަ ޖާޒީއެއް "ޖާޒިއާ" އިން ތައާރަފްކޮށްފި އެވެ.

ޖާޒިއާއިން ބުނި ގޮތުގައި ސަޕޯޓަރުންނަށް ތައާރަފްކުރި ޖާޒީ އަކީ 2008 ވަނަ އަހަރު ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ޓީމަށް ހާއްސަކޮށް، އެ ޓީމުގެ ޖާޒީއަށް ޓްރިބިއުޓެއްގެ ގޮތުގައި ފަރުމާކުރި ޖާޒީއެކެވެ.

"ރާއްޖޭގަ އުފެދުނު ގޯލްޑަން ޖެނެރޭޝަނަށް ގޯލްޑް މެޑަލް ލިބުނު އަހަރުގެ ޖާޒީއަށް މި ޖާޒީ މި ހާއްސަ ކުރީ. ފަރުމާ ކުރުމުގައި ވިސްނިން އޭރުގެ ހަނދާންތައް އާވެ، ނޮސްޓެލްޖިކް ވާނެ ގޮތަކަށް ޑިޒައިންކުރަން. އެ އަހަރަކީ ފުޓްބޯޅައިގެ ގޮތުން ހާއްސަ، ހަނދާނުން ފިލުވާލަން ދަތި، ތާރިހުގައި ރަން އަކުރުން ފެވިފަވާ އަހަރަކަށްވީމާ މި ޖާޒީ އެ އަހަރަށް ހާއްސަ ކޮށް އެ ހަނދާންތައް އާވާ ޑިޒައިނެއް މި ހެދީ." ޖާޒިއާ އިން ބުންޏެވެ.

ޖާޒިއާއިން ވަނީ އެ ޖާޒީގެ ކުޑަކުދިންނާއި ބޮޑެތި މީހުންގެ އަތް ދިގު އަދި އަތް ކުރު ޖާޒީ ނެރެފަ އެވެ. އަދި ތުއްތު ކުދިންނަށް ހާއްސަކޮށް، އެ ޖާޒީގެ ޑިޒައިން ހިމެނޭ ވަންޒީސް ވެސް ވަނީ ނެރެފަ އެވެ.

"އަޅުގަނޑުމެން ބޭނުންވީ އޭރުގެ އެ ހަނދާންތަކާއި އެކު އެ ފޯރީގަ ދިިވެހި ޓީމަށް ސަޕޯޓުކުރަން ހިތްވަރު ދޭން." ޖާޒިއާއިން ބުންޏެވެ.

މި ޖާޒީ "ޖާޒިއާ"ގެ ވެބްސައިޓާއި ފޭސްބުކް މެދުވެރިކޮށް ގަންނަން ލިބޭނެ އެވެ.