ސިޓީ އޮޕްޓިކަލްސްއިން އެކަނިވެރި މައިންގެ އާއިލާތަކަށް އައިނު ހެއްދުމަށް ހެޔޮ އަގެއް
ސިޓީ އޮޕްޓިކަލްސްއިން އެކަނިވެރި މައިންގެ އާއިލާތަކަށް އައިނު ހެއްދުމަށް ހެޔޮ އަގެއް

ސިޓީ އޮޕްޓިކަލްސްއިން އެކަނިވެރި މައިންގެ އާއިލާތަކަށް "މަމްސް ޕެކޭޖު"ގެ ނަމުގައި ހާއްސަ ޕެކޭޖެއް ތައާރަފްކޮށްފި އެވެ.

މި ޕެކޭޖުގ ހާއްސަކޮށްފައިވަނީ އެކަނިވެރި މައިންނާއި އެކަނިވެރި މައިންގެ 18 އަހަރުން ދަށުގެ ކުދިންނަށެވެ. މި ޕެކޭޖުގައި 40 އަށް ވުރެ ގިނަ ސްޓައިލްގެ ޓްރެންޑިން ފްރޭމް ކަލެކްޝަނެއް ވަނީ ހިމަނައިފަ އެވެ.

ސިޓީ އޮޕްޓިކަލްސްގެ ސީއީއޯ ފާތިމަތު ފިރުޝާނާ ވިދާޅުވީ މި ޕެކޭޖު ތައާރަފްކުރީ އެކަނިވެރި މައިންގެ އާއިލާތަކަށް ލުއިފަސޭހަ ކޮށްދީ، އެ އާއިލާތަކަށް ހެޔޮ އަގުތަކެއްގައި އައިނު ހެއްދޭނެ ގޮތް ފަހިކޮށްދިނުމަށެވެ.

"ފަހަކަށް އައިސް، ކިޔަވާ ކުދިންގެ މެދުގައި އައިނު އަޅަން ޖެހޭ ނިސްބަތް ދަނީ އިތުރުވަމުން. އައިނު އަޅަން ޖެހޭ ކުދިން އައިނު ނާޅާ ނަމަ، އެކަމުގެ އަސަރު ކިޔެވުމަށް ވެސް ކުރާނެ. އަޅުގަނޑުމެން އުއްމީދު ކުރަނީ ދަތިކަން ތަހައްމަލު ކުރާ އާއިލާތަކަށް، މި ޕެކޭޖުގެ ސަބަބުން އައިނު ހެއްދުމުގައި ލުޔެއް ލިބޭނެ ކަމަށް." ފިރުޝާނާ ވިދާޅުވި އެވެ.

"މަމްސް ޕެކޭޖު"ގެ ދަށުން ސިންގަލް ވިޝަން އައިނު ހެއްދޭނީ 1،275ރ. އަށެވެ. އާސަންދައަށް ކެނޑުމަށް ފަހު ދައްކަން ޖެހޭނީ 275ރ. އެވެ. އެއް އައިނަށްވުރެ ގިނަ އައިނު ހައްދަން ޖެހޭ ނަމަ، އިތުރަށް ހައްދަން ޖެހޭ އައިނު 1،100ރ. އަށް ހެއްދޭނެ އެވެ. އާސަންދައަށް ކެނޑުމަށް ފަހު އެ އައިނަށް ދައްކަން ޖެހޭނީ 100ރ. އެވެ.

އާސަންދައިން އައިނު ހެއްދޭނީ ހޮސްޕިޓަލެއްގެ ބޭސް ސިޓީއާ އެކު އެވެ.

ސިޓީ އޮޕްޓިކަލްއިން "މަމްސް ޕެކޭޖު" ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެކަނިވެރި މައިންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭ "މަމްސް އެއިޑް"އިން ވެސް ބައިވެރިވި އެވެ. އަދި އެ ޖައްމިއްޔާގެ އެޑްމިނިސްޓްރޭޓިވް ޑައިރެކްޓާ ފާތުމަތު ފިއުރީން ވަނީ އެކަނިވެރި މައިންނަށް ލުއިފަސޭހަތަައް ހޯދައިދިނުމަށް މި ފަދަ މަސައްކަތްތައް ކުރުމަށް އިތުރު ކުންފުނިތަކަށް ގޮވާލައްވާފަ އެވެ.

ސިޓީ އޮޕްޓިކަލް ހުންނަނީ ހުޅުމާލެ ސެންޓްރަލް ޕާކު ކުރިމަތީގަ އެވެ.