ދިގު ކިއޫ އާއި ޑިލޭތަކުން ސަލާމަތްވާން ދަތުރުުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދާން އެދެފި
ދިގު ކިއޫ އާއި ޑިލޭތަކުން ސަލާމަތްވާން ދަތުރުުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދާން އެދެފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަތުރުކުރާ މީހުން ފުރާ ވަގުތުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދާން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އިން އެދެފި އެވެ.

ބޮޑު އީދަށް ނުވަ ދުވަހަށް ސަރުކާރު ބަންދުވެފައިވާ އިރު ގިނަ ބަޔަކު އަންނަނީ ރަށްރަށާއި އެކި ގައުމުތަކަށް ދަތުރު ކުރަމުންނެވެ.

އެމްއޭސީއެލް އިން ކުރި ޓުވީޓެއްގައި ބުނީ ޗުއްޓީ ދުވަސްވަރު ދަތުރުކުރާ އިރު ދިގު ކިއޫތަކާއި ޑިލޭތައް ކުރިމަތިވެދާނެ ކަމަށާއި އެހެންވެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އިމިގްރޭޝަންގެ "އިމުގަ" ފޯމް ފުރަންޖެހޭ ފަސިންޖަރުން އެ ފޯމު ވެސް ދަތުރުގެ ކުރިން ފުރިހަމަކޮށްފައި ބޭއްވުމަށް ވަނީ އެދިފަ އެވެ.

ސްކޫލްތަކުގެ ބޮޑު ބަންދާ އީދު ޗުއްޓީ އެއްކޮށް ފެށުމާ އެކު ފުރަތަމަ ދުވަހުން ފެށިގެން އެއާޕޯޓަށް ވަނީ ބާރު ބޮޑުވެފަ އެވެ. ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ދަތުރުތަކުގައި ވެސް ބާރު ބޮޑެވެ.