"ޗާޖްޑް" ދަޅެއް ގަނެގެން "ބެނެލީ" ސައިކަލެއް!
"ޗާޖްޑް" ދަޅެއް ގަނެގެން "ބެނެލީ" ސައިކަލެއް!

ކޮކާކޯލާ ކުންފުނީގެ އާ ބުއިން "ޗާޖްޑް" ތައާރަފްކޮށް ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަނުގައި ބެނެލީ މޯލްޑިވްސް އާއި ލޮޓަސް ބައިކް ޝޮޕާ ގުޅިގެން ބެނެލީ 180 އެސް އަދި ބެނެލީ ލިއޮންސިނޯ 250 މަރުކާގެ ޒަމާނީ ހަ ސައިކަލް ލިބޭ ލަކީޑްރޯއެއް ވަނީ އިއުލާނުކޮށްފަ އެވެ. މި ލަކީޑްރޯގެ ގުރުއަތު ކޮންމެ ދެ ހަފްތާއަކުން ނަގާނެ އެވެ.

ލަކީޑްރޯގައި ބައިވެރިވުމަށް، ޗާޖްޑް ދަޅު ގަންނައިރު ކަހާލެވޭ ކާޑުކޮޅަކަށް އެދެން ޖެހޭނެ އެވެ. އެ ކާޑުކޮޅު ކަހާލުމަށް ފަހު އޭގައިވާ ކޯޑު 2626 އަށް އެސްއެމްއެސްކުރުމުން ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ.

ގުރުއަތު ނަގާނީ އަންނަ މަހުގެ ދެ ވަނަ ދުވަހާއި 22 ވަނަ ދުވަހުގަ އާއި އޮގަސްޓު ފަސް ވަނަ ދުވަހާއި 19 ވަނަ ދުވަހުގެ އިތުރުން ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހާއި 16 ވަނަ ދުވަހު އެވެ. ގުރުއަތު ނަގަން ހަމަޖެހިފައިވާ ދުވަހުގެ ރޭގަނޑު 9:30 ގައި ޓީވީއެމްއިން ލައިވްކޮށް ލަކީޑްރޯ ގެނެސްދޭނެ އެވެ.

އަލަށް ތައާރަފްކުރި ޗާޖްޑް އަކީ ކެފެއިން ހިމެނޭ ބުއިމެކެވެ. މި ބުއިމުގެ 250 އެމްއެލް ދަޅު މިހާރު ލިބެން ހުންނާނެ އެވެ. މިއީ 100 ޕަސެންޓް ރިސައިކަލް ކުރެވޭ އެލުމިނިއަމްއިން ތައްޔާރުކޮށްފައިވާ ދަޅެކެވެ.