ނައިބު ރައީސް ހައްޖަށް ފުރާވަޑައިގެންފި
ނައިބު ރައީސް ހައްޖަށް ފުރާވަޑައިގެންފި

ނައިބް ރައީސް ފައިސަލް ނަސީމް، ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި މިރޭ ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފި އެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ހައްޖާޖީންގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި އަމީރުލްހައްޖުގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައި ވަނީ ނައިބް ރައީސެވެ.

މިއަހަރު ރާއްޖެއިން ހައްޖަށް ފުރާ އެންމެ ފަހު ގްރޫޕު ފުރާފައި ވަނީ މިމަހުގެ 19 ގަ އެވެ. ރައީސް ވަނީ އެ މީހުންނާ ބައްދަލުކުރައްވައިފަ އެވެ.

ހައްޖަށް މީހުން ގެންދިއުމަށް ސައުދީ އަރަބިއްޔާ އިން މިއަހަރު ރާއްޖެއަށް ދިނީ 1000 ކޯޓާ އެވެ. އޭގެ ތެރެއިން ހައްޖަށް މީހުން ގެންދަން ހުއްދަދީފައިވާ ތިން ކުންފުންޏަށް ވެސް ވަނީ 90 ކޯޓާދީފަ އެވެ. ބާކީ ކޯޓާތައް ދީފައި ވަނީ ހައްޖު ކޯޕަރޭޝަނަށެވެ.