ސްކޫލް ޗުއްޓީއަށް އައިކެއާއިން "ފަހެތިން އެކަތި" ޕްރޮމޯޝަން
ސްކޫލް ޗުއްޓީއަށް އައިކެއާއިން "ފަހެތިން އެކަތި" ޕްރޮމޯޝަން

ސްކޫލް ޗުއްޓީ ދުވަސްވަރަށް އަމާޒުކޮށް "ފަހެތިން އެކަތި" ނަމުގައި އައިކެއާއިން ޕްރޮމޯޝަނެއް ފަށައިފި އެވެ.

ސްކޫލް ޗުއްޓީއަށް އައިކެއާއިން "ފަހެތިން އެކަތި" ޕްރޮމޯޝަން
ސްކޫލް ޗުއްޓީއަށް އައިކެއާއިން "ފަހެތިން އެކަތި" ޕްރޮމޯޝަން

މި ޕްރޮމޯޝަން ހޮނިހިރު ދުވަހުން ފެށިގެން އޮގަސްމަހުގެ 10 އާ ހަމައަށް އައިކެއާގެ ހުރިހާ ފިހާރައެއްގައި ކުރިއަށް ދާނެ އެވެ.

އައިކެއާއިން ފެށުމަށް ހަމަޖެހިފައިވާ އެ ޕްރޮމޯޝަނުގައި ތަފާތު ފަސް އޮފާއެއް ހިމެނެ އެވެ. ކޮންމެ ކަސްޓަމަރަކަށް ވެސް އެ ތަނުން އެއް އޮފާ ލިބޭނެ އެވެ.

"ފަހެތިން އެކަތި" ޕްރޮމޯޝަނުގައި ހިމަނާފައިވާ އޮފާތަކަކީ:

● އަވިއައިނާއި ނަމްބަރު އައިނުގެ ދުނިގަނޑުން 50 ޕަސެންޓާއި ހަމައަށް ޑިސްކައުންޓު

● ވަކި އަދަދަކަށް ވުރެ ގިނައިން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ހިލޭ ދެ ވަނަ ނަމްބަރު އައިނު

● ތިން ނަމްބަރު އައިނު ގަންނަ ކަސްޓަމަރުންނަށް ތިން ވަނަ އައިނުން 50 ޕަސެންޓުގެ ޑިސްކައުންޓު

● ޕްރޮގްރެސިވް ލެންސް ހިޔާރު ކުރާ ކަސްޓަމަރުންނަށް ހިލޭ އައިނު ދުނިގަނޑު

● ނޯވާ ބްރޭންޑުގެ ނަމްބަރު އައިނާއި އަވި އައިނުން 50 ޕަސެންޓުގެ ޑިސްކައުންޓު

އައިކެއާއިން ބުނި ގޮތުގައި މި އޮފާތަކަކީ ކޮލެޓީ ރަނގަޅު ނަމްބަރު އައިނާއި އަވިއައިނު ހެޔޮއަގުގައި ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދިނުމަށް ރޭވި ޕްރޮމޯޝަނެކެވެ.

އައިކެއާގެ ފިހާރަތައް މާލޭގެ އިތުރުން ފުވައްމުލަކު އަދި އައްޑޫގައި ހުރެ އެވެ.