ފައިސަލްގެ މަގާމު ފޫބައްދަން ގައުމީ ޓީމުގެ ގޯލް ބެލެހެއްޓުމުގެ ޒިންމާ ކޮން ކީޕަރަކަށް؟
ފައިސަލްގެ މަގާމު ފޫބައްދަން ގައުމީ ޓީމުގެ ގޯލް ބެލެހެއްޓުމުގެ ޒިންމާ ކޮން ކީޕަރަކަށް؟

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ގައުމީ ޓީމް ކުރިމަތިލާއިރު ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ އެންމެ ފަހުވަގުތު އެއް ނަމްބަރު ގޯލްކީޕަރު މުހައްމަދު ފައިސަލް އަށް އަނިޔާވެ، މުބާރާތުގައި ނުކުޅެވުމެވެ.

ފައިސަލްގެ މަގާމު ފޫބައްދަން ގައުމީ ޓީމުގެ ގޯލް ބެލެހެއްޓުމުގެ ޒިންމާ ކޮން ކީޕަރަކަށް؟
ފައިސަލްގެ މަގާމު ފޫބައްދަން ގައުމީ ޓީމުގެ ގޯލް ބެލެހެއްޓުމުގެ ޒިންމާ ކޮން ކީޕަރަކަށް؟

ފަސް ކީޕަރުންނާ އެކު ރާއްޖޭގައި ގައުމީ ޓީމުން ޕްރެކްޓިސް ފަށައި، ފައިނަލް ސްކޮޑާ އެކު ޓްރޭނިން ކޭމްޕަށް ޖަޕާނަށް ފުރީ ތިން ކީޕަރުންނާ އެކު އެވެ. އެއީ ފައިސަލްގެ އިތުރުން މުހައްމަދު ޝަފީއު (ޗެކް) އާއި ހުސައިން ޝަރީފް އެވެ. ސްކޮޑުން ބާކީ ވީ އަލީ ނާޖިހު (ނާޖީ) އާއި ޝައިހާން އަލީ އެވެ. ނަމަވެސް ޖަޕާނުގެ ފަރިތަކުރުންތަކުގައި ފައިސަލް އަށް އަނިޔާ ވުމާ ގުޅިގެން ފަހު ވަގުތު ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ވަނީ ނާޖީ އަށް ޓީމުން ފުރުސަތު ދީފަ އެވެ. ގައުމީ ޓީމާ އެކު ލަންކާގައި ނާޖީ އަށް އަދި ބައިވެރި ވެނުނީ އެންމެ ފަރިތަކުރުމެއްގަ އެވެ.

ފައިސަލްގެ މަގާމު ފޫބައްދަން ގައުމީ ޓީމުގެ ގޯލް ބެލެހެއްޓުމުގެ ޒިންމާ ކޮން ކީޕަރަކަށް؟
ފައިސަލްގެ މަގާމު ފޫބައްދަން ގައުމީ ޓީމުގެ ގޯލް ބެލެހެއްޓުމުގެ ޒިންމާ ކޮން ކީޕަރަކަށް؟

މިހާރު އުމުރުން 34 އަހަރުގެ ފައިސަލް އަކީ 17 އަހަރަށް ފަހު ކީޕަރު އިމްރާން މުހައްމަދު (އިންމަ) ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ އެކު 2017 ވަނަ އަހަރުން ފެށިގެން ޓީމުގެ އެއްވަނަ ގޯލްކީޕަރެވެ. އޭނާ ވަނީ 2018 ވަނަ އަހަރު ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު މޮޅު ކުޅުމެއް ދައްކައި މުބާރާތުގެ މޮޅު ގޯލްކީޕަރުގެ މަގާމު ވެސް ހޯދައިފަ އެވެ.

ފައިސަލްގެ މަގާމު ފޫބައްދަން ގައުމީ ޓީމުގެ ގޯލް ބެލެހެއްޓުމުގެ ޒިންމާ ކޮން ކީޕަރަކަށް؟
ފައިސަލްގެ މަގާމު ފޫބައްދަން ގައުމީ ޓީމުގެ ގޯލް ބެލެހެއްޓުމުގެ ޒިންމާ ކޮން ކީޕަރަކަށް؟

އެންމެ ފަހުން ރާއްޖޭގައި ބޭއްވި 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ހުރީ ފައިސަލް އެވެ. އެ މުބާރާތުގައި ސްރީލަންކާއާ ދެކޮޅަށް ކުޅުނު ރާއްޖޭގެ ޓީމުގެ ތިންވަނަ މެޗުގެ ވަރަށް ކުރީކޮޅު އޭނާ އަށް އަނިޔާ ވެގެން ބަދަލު ކުރަން ޖެހުނެވެ. ބަދަލުގައި އެ މެޗު ފުރިހަމަ ކުރީ ކީޕަރު ޝަފީއު އެވެ. ޖެހިގެން އައި އިންޑިއާ މެޗަށް ފައިސަލް މުޅިން ފިޓް ނުވިއަސް އެ މެޗުގައި އޭރުގެ ހެޑް ކޯޗު އަލީ ސުޒޭން ބޭނުން ކުރީ ފައިސަލް އެވެ.

އެ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ފަހު ލަންކާގައި އޮތް ފޯ ނޭޝަންސް ކަޕް މުބާރާތުގައި ރާއްޖޭގެ ސްކޮޑުގައި ވެސް އަނިޔާގައި ހުރުމުން ފައިސަލް ނުހިމެނެ އެވެ. އެއީ މިހާރުގެ ކޯޗު މޮރިއޭރޯ ރަސްމީކޮށް ޓީމާ ހަވާލުވެ ރާއްޖޭގެ ޓީމާ އެކު ކުރި ފުރަތަމަ ތަޖުރިބާ އެވެ. ފައިސަލްގެ ބަދަލުގައި ލަންކާ މުބާރާތުގައި ރާއްޖޭގެ ގޯލު ބެލެހެއްޓުމުގެ ޒިންމާ ހަވާލު ކުރީ ނާޖީ އަށެވެ. އެ މުބާރާތް ވީ ޒުވާން ކީޕަރު ނާޖީ ގައުމީ ޓީމުގެ ގޯލުގައި ކުރި ފުރަތަމަ ތަޖުރިބާ އަށެވެ.

އުމުރުން 23 އަހަރުގެ ނާޖީ އެންމެ ފުރަތަމަ ކްލަބް ލެވެލްގައި ކުޅެން ފެށީ 2020/2021 ސީޒަންގަ އެވެ. ޔުނައިޓެޑް ވިކްޓަރީގެ ގޯލު ބެލެހެއްޓުމުގެ ޒިންމާ އޭނާއާ ހަވާލު ކުރީ އެ ސީޒަންގެ މެދުތެރޭންނެވެ. އޭގެ ފަހުން އެ ކްލަބްގެ އެއް ނަމްބަރު ކީޕަރަކީ އަދިވެސް ނާޖީ އެވެ. ޔުނައިޓެޑް ވިކްޓަރީގެ އޭރުގެ ގޯލްކީޕަރު ޓްރެއިނަރު އިސްމާއީލް ޒަރިއަންދު ކުރިން ބުނެފައި ވަނީ ތަޖުރިބާ މަދުވިޔަސް ނާޖީ އުންމީދީ ކުޅުމެއް ދައްކި ކަމަށެވެ.

މުބާރާތެއްގައި ރާއްޖޭގެ ގޯލު ބެލެހެއްޓުމުގެ ޒިންމާ އަދި ނުލިބުނަސް، 24 އަހަރުގެ ހުސެން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރާއި ޑިސެމްބަރު މަހު ރާއްޖޭން ކުޅުނު ރަހުމަތްތެރިކަމުގެ މެޗުތަކުގައި ކުޅެ ތަޖުރިބާ ހޯދައިފަ އެވެ.

ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ސްކޮޑުގައި ވެސް ހިމެނުނު ހުސެން ގައުމީ ޓީމަށް ފުރަތަމަ މެޗެއް ކުޅުނީ ސާފް ޗެމްޕިއަންޝިޕަށް ފަހު ރާއްޖޭން މެލޭޝިއާގައި ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގަ އެވެ. ގައުމީ ޓީމުން އެންމެ ފަހުން މިއަހަރު ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ގޯލުގައި ހުރީ ހުސެން އެވެ.

މާޒިޔާގެ ރިޒާވް ކީޕަރެއްގެ ގޮތުގައި ދެ ސީޒަން ހޭދަ ކުރުމަށް ފަހު ކްލަބް ލެވެލްގައި އޭނާގެ ހުނަރު ދައްކާލަން އެންމެ ގިނަ ފުރުސަތު ލިބުނީ ވެސް 2018 ވަނަ އަހަރު އެވެ. އެ ސީޒަންގައި އޭނާ ވަނީ މާޒިޔާ އަށް މުޅިއެކު 20 މެޗު ކުޅެދީފަ އެވެ. ނަމަވެސް ޖެހިގެން އައި ސީޒަންތަކުގައި އަނެއްކާ ވެސް އޭނާ ފެނުނީ ރިޒާވް ކީޕަރެއްގެ ގޮތުގަ އެވެ. މި ސީޒަންގައި ވެސް އޭނާއަކީ މާޒިޔާ ޓީމުގައި ފައިސަލްގެ ބެކަޕް ކީޕަރެވެ.

ސާފް ޗެމްޕިއަންޝިޕްގައި މިއަހަރު ކުޅޭ ރާއްޖޭގެ ސްކޮޑުގައި ހިމެނޭ އެންމެ ދޮށީ ކީޕަރަކީ ޝަފީއު، 34، އެވެ. މިހާތަނަށް ގައުމީ ޖޯޒީގައި އޭނާގެ ހަމައެކަނި ފެނިލުމަކީ 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ފައިސަލް އަށް އަނިޔާވި މެޗެވެ.

މި ސީޒަންގައި އެނބުރި ކްލަބް އީގަލްސް އަށް ބަދަލުވި ކީޕަރު ޝަފީއު ވަނީ، މިދިޔަ ސީޒަންގައި އުނދަގޫ ހާލަތެއްގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ފުރަތަމަ ޑިވިޝަނުގައި ބާއްވަން އެޓީމުގެ ގޯލުގައި މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ. އޭގެ ކުރީ ސީޒަންގައި ކްލަބް ވެލެންސިއާގައި އޭނާ ފެނުނީ ރިޒާވް ކީޕަރެއްގެ ގޮތުގަ އެވެ. ނަމަވެސް ފައިސަލް އަށް އަނިޔާވެގެން ލިބުނު ފުރުސަތުގައި އޭނާ ވަނީ ޓީމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.