29 ޖެނުއަރީ 2017 - 13:16

ކަނބާ އައިސާރަނި ހިނގުން އަމީނީ މަގުން ފެށިގެން ދެކުނަށް އޮތް ބައި، ދެކޮޅަށް ދުުއްވޭ ގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީން ހަމަޖައްސައިފި އެވެ.
އެ އޮތޯރިޓީން މިއަދު ކުރި އިއުލާނުގައި ބުނީ އަންނަ ބުދަ ދުވަހުން ފެށިގެން އެ ބަދަލު ގެންނާނެ ކަމަށެވެ. އެ އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ ޓްރެފިކް ފްލޯ އަށް ބަދަލުތަކެއް ގެނައީ އެ ސަރަހައްދުން ދަތުރުކުރުމުގައި ފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށެވެ.
"ދަތުރުކުރުމުގައި ފަސޭހަ ކޮށްދިނުމުގެ ގޮތުން ޓްރެފިކް ކޮމެޓީން ނިންމި ނިންމުމެއް އެއީ. މިހާރު ވެސް ބައެއް މަގުތަކަށް ބަދަލުތަކެއް ގެންނަމުން ދަނީ،" ނާފިޒު ވިދާޅުވި އެވެ.
ނާފިޒު ވިދާޅުވީ ދެކޮޅަށް ދުއްވޭ މަގެއްގެ ގޮތުގައި ހަމަޖެއްސުމުން، އެ ސަރަހައްދުގައި ޕާކު ކޮށްފައި ހުރި އުޅަނދުތައް ނަގައި ހުސްކުރާނެ ކަމަށެވެ.
ޓްރެފިކް ކުޑަކުރުމުގެ ގޮތުން ޓްރާންސްޕޯޓް އޮތޯރިޓީން ދޭތެރެ ދޭތެރެ އިން މިފަދަ ބަދަލުތައް ގެނެ އެވެ.