ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ޓެކްސީ ޑްރައިވަރަކު ނިޔާވެއްޖެ
ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ޓެކްސީ ޑްރައިވަރަކު ނިޔާވެއްޖެ

ހުޅުމާލެ 2 އަށް އަރާ ބްރިޖު ކައިރީގައި މީގެ ކުޑައިރުކޮޅެއް ހިނގި އެކްސިޑެންޓެއްގައި ޓެކްސީ ޑްރައިވަރަކު ނިޔާވެއްޖެ އެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން 65 އަހަރުގެ ދިވެހި ފިރިހެނަކު އެ ތަނަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށެވެ.

އެ ކާރުގައި އެ ވަގުތު އިނީ ޑްރައިވަރު އެކަންޏެވެ.

ފުލުހުން ބުނީ، ނިޔާވި ޑްރައިވަރު ދުއްވި ކާރު ވެސް އެހެން ކާރެއްގައި ޖެހުނު ކަމަށެވެ. އަނެއް ކާރުގައި ތިބި ދެ މީހުންނަށް ވެސް އަނިޔާވި ކަމަށް ފުލުހުން ބުންޏެވެ.

"މިހާރު" އަށް ލިބިފައިވާ ފޮޓޯތަކުން އަވަސް ރައިޑްގެ އެ ޓެކްސީ ޑްރައިވަރު ރެޑްވޭވް މެގަ މޯލް ފިހާރަ ހުންނަ މަގުން ލާފައިވާ ހުޅުމާލެ ދެ ވަނަ ފިޔަވައްސަށް އެރުމަށް ބްރިޖާ ދިމާއަށެވެ. އެ ސްޕީޑްގައި ގޮސް ކާރު މަތަވީ ޕޮލިސް އިން ބަހައްޓާފައިވާ ޑިވައިޑަރުތަކުގައި ޖެހިގެންނެވެ.

މަންޒަރު ދުށް މީހަކު ބުނީ، އެ ޓެކްސީ ޑްރައިވަރު އޮތީ ޑިވައިޑަރުގައި ކާރު ޖެހުނު ގޮތަށް ހޭނެތިގެން ކާރުތެރެއަށް ވެއްޓިފައި ކަމަށެވެ.

"ކާރުތެރޭގައި އޮތީ ހުއްޓުން އަރާފައި. ހީވަނީ ސްޓްރޯކެއް ޖެހިފައި ހެން،" އެ މީހާ ބުންޏެވެ.