ފުރަވެރި ރިސޯޓުގެ ދެ ކޮޓަރިއެއްގައި ރޯވެ ގެއްލުންވެއްޖެ
ފުރަވެރި ރިސޯޓުގެ ދެ ކޮޓަރިއެއްގައި ރޯވެ ގެއްލުންވެއްޖެ

ރ. އަތޮޅުގައި ހިންގާ ފުރަވެރި ރިސޯޓުގެ ދެ ކޮޓަރިއެއްގައި މިއަދު ރޯވެ، ގެއްލުންތަކެއް ލިބިއްޖެ އެވެ.

ފުރަވެރި ރިސޯޓުގެ ދެ ކޮޓަރިއެއްގައި ރޯވެ ގެއްލުންވެއްޖެ
ފުރަވެރި ރިސޯޓުގެ ދެ ކޮޓަރިއެއްގައި ރޯވެ ގެއްލުންވެއްޖެ

އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހިލްމީ "މިހާރު" އަށް ވިދާޅުވީ 11:15 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި ރޯވީ ބްލޮކެއްގައި ހުރި ފެމިލީ ރޫމްގެ ގޮތުގައި ހަދާފައިވާ ދެ ކޮޓަރީގައި ކަމަށެވެ. ނަމަވެސް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރިސޯޓުގެ ފަޔަ ޓީމުން އެ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މޭޖަ އިންސިޑެންޓެއް ނޫން މިއީ. އެއްގަމުގައި، ހުސްކޮށް ހުރި ކޮޓަރިއެއްގައި ރޯވީ. އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ." ހިލްމީ ވިދާޅުވި އެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި، އަލިފާނުގައި ކޮޓަރިއަށް ގެއްލުންތަކެއް ލިބިފައިވެ އެވެ. ބޮޑު މަރާމާތެއް ކޮށްގެން ނޫނީ އެތަން ބޭނުމެއް ނުކުރެވޭނެ އެވެ.

އަލިފާނުގެ ހާދިސާ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ. ރޯވާން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ.