ސެމީ އާއި ފައިނަލުގެ ވާހަކަ ދައްކަން މޮރިއޭރޯ ބޭނުމެއް ނޫން، އޭނާ ވިސްނަނީ ފަހަރަކު މެޗަކަށް
ސެމީ އާއި ފައިނަލުގެ ވާހަކަ ދައްކަން މޮރިއޭރޯ ބޭނުމެއް ނޫން، އޭނާ ވިސްނަނީ ފަހަރަކު މެޗަކަށް

އިންޑިއާގެ ބެންގަލޫރުގައި މާދަމާ ފަށާ، ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ޓީމުން ސެމީ ފައިނަލާއި ފައިނަލްގެ ވާހަކަ އަދި ދައްކަން ބޭނުން ނުވާ ކަމަށާއި ދިވެހި ޓީމުން ވިސްނަނީ ފަހަރަކު މެޗަކަށް ކަމަށް ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ މިއަދު ބުނެފި އެވެ.

ސެމީ އާއި ފައިނަލުގެ ވާހަކަ ދައްކަން މޮރިއޭރޯ ބޭނުމެއް ނޫން، އޭނާ ވިސްނަނީ ފަހަރަކު މެޗަކަށް
ސެމީ އާއި ފައިނަލުގެ ވާހަކަ ދައްކަން މޮރިއޭރޯ ބޭނުމެއް ނޫން، އޭނާ ވިސްނަނީ ފަހަރަކު މެޗަކަށް

މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހު ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. ރާއްޖެ އާއި ބޫޓާނާ އެކު ގުރޫޕް ބީ ގައި ދެން ހިމެނެނީ ބަންގްލަދޭޝާއި ލުބުނާނެވެ.

ސެމީ އާއި ފައިނަލުގެ ވާހަކަ ދައްކަން މޮރިއޭރޯ ބޭނުމެއް ނޫން، އޭނާ ވިސްނަނީ ފަހަރަކު މެޗަކަށް
ސެމީ އާއި ފައިނަލުގެ ވާހަކަ ދައްކަން މޮރިއޭރޯ ބޭނުމެއް ނޫން، އޭނާ ވިސްނަނީ ފަހަރަކު މެޗަކަށް

ގައުމީ ޓީމުގައި އިޓަލީ ބަހުގެ ތަރުޖަމާނެ ނެތުމުން، މޮރިއޭރޯ އަށް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދެއްކުން ވީ އުނދަގޫ ކަމަކަށެވެ. މީގެ ކުރިން 2021 އަދި 2022 ގެ ކުރީކޮޅުގައި ވެސް ގައުމީ ޓީމުގައި އިޓަލީ ބަހުގެ ތަރުޖަމާނެއް މޮރިއޭރޯ އާއެކު މަސައްކަތް ކުރި އެވެ.

ކޮށިކޮށް އިނގިރޭސިން ވާހަކަ ދައްކަމުން އޭނާ ބުނީ ގިނަ ވާހަކަ ދައްކަން އޭނާ ބޭނުން ނުވާ ކަމަށާއި އޭނާ ބޭނުން ވަނީ ޒުވާން ކުޅުންތެރިންގެ މަސައްކަތް ދަނޑު މަތީގައި ފެނުން ކަމަށެވެ.

ރާއްޖޭގެ ކޯޗު ކަމުގައި މޮރިއޭރޯ ހޭދަކުރާތާ ދެ އަހަރުވާން ކައިރިވި އިރު އޭނާ ކުރިމަތިލާ އެންމެ ވަރުގަދަ މުބާރާތަކީ ސާފް ޗެމްޕިއަންޝިޕެވެ. މުބާރާތް ދެ ފަަހަރު ކާމިޔާބުކޮށްފައިވާ ރާއްޖެއިން ސާފް ޗެމްޕިއަންޝުިޕްގައި އެންމެ ދަށް ވެގެން ފައިނަލާ ހަމައަށް ދިއުމަށް އަބަދު ވެސް އަމާޒު ކުރެ އެވެ. އެކަމަކު މިފަހަރު ސެމީ ފައިނަލަށް ދިއުމަށް އަމާޒު ގެންގުޅޭ ވާހަކަ ދައްކަން ވެސް ރާއްޖެއިން ބޭނުމެއް ނުވެ އެވެ

"ގައުމީ ޓީމުގައި އެކަން ކުރެވޭނެ ފެންވަރު އެބަހުރި. އެކަމަކު އަހަރެން ބޭނުމެއް ނޫން އަދި އެ ވާހަކަ ދައްކާކަށް،" ސެމީ އާއި ފައިނަލަށް ރާއްޖޭގެ ޓީމުން އަމާޒުކުރަންތޯ އެހުމުން މޮރިއޭރޯ ބުންޏެވެ.

"އަހަންނަށް އެންމެ މުހިންމީ މެޗަކަށް ފަހު މެޗެއް. ހުރިހާ ޓީމަކަށް މުބާރާތް ކާމިޔާބެއް ނުކުރެވޭނެ. އެކަން ކުރެވޭނީ އެންމެ ޓީމަކަށް. އަހަރެން މިހާރު ރާއްޖޭގެ ޓީމުގައި މަސައްކަތް ކުރަމުން މި އަންނަނީ ޒުވާން ކުޅުންތެރިންނާ އެކު."

މޮރިއޭރޯ ބުނީ ޓީމާ އެކު އޭނާ ކުރި މަސައްކަތުން ކުޅުންތެރިންގެ ވިސްނުން ނުވަތަ މެންޓަލިޓީ ރަނގަޅު މިސްރާބަކަށް ގެންދެވިއްޖެ ކަމަށެވެ.

"އަހަރެން ގެންގުޅެނީ އިޓަލީގެ [ފުޓްބޯޅައިގެ] މެންޓަލިޓީ. އެކަމަކު ރާއްޖެއާ އޭތި އަޅާކިޔާއިރު ތަފާތު ވާނެ. ޒުވާން ކުޅުންތެރިންނާ އެކު ރަނގަޅު މެންޓަލިޓީ އަކަށް އެ ކުޅުންތެރިން ގެންދަން އަހަންނަށް މަސައްކަތް ކުރެވިއްޖެ،" އިޓަލީ އިންޓަ މިލާނަށް ކުރިން ކުޅުނު މޮރިއޭރޯ ބުންޏެވެ.

މުބާރާތަށް ތައްޔާރުވާން ޓްރޭނިން މެޗެއް ވެސް ނުކުޅެނީ ރާއްޖެ އެކަންޏެވެ. ރާއްޖެ އާ ދެކޮޅަށް ފުރަތަމަ މެޗުގައި ނުކުންނަ ބޫޓާންގެ ޓީމުން ވެސް ވަނީ އިންޑިއާގެ ކަލްކަތާގައި ކުރިއަށް ގެންދިޔަ ކޭމްޕްގައި އެ ސިޓީ އަށް ނިސްބަތްވާ ކްލަބްތަކާ ދެކޮޅަށް ޓްރޭނިން މެޗުތަކެއް ކުޅެފަ އެވެ.

މޮރިއޭރޯ ބުނީ ރާއްޖެއިން މުބާރަތަށް ހާއްސަކޮށް މެޗެއް ނުކުޅުނަސް ކުރިން ކުޅުނު މެޗުތަކުގައި ރާއްޖޭގެ ޓީމުން ރަނގަޅު ނަތީޖާތަކެއް ނެރެފައި ވާތީ އެކަމުގެ ހިތްހަމަޖެހުން އެބައޮތް ކަމަށެވެ. މާޗް މަހު ރާއްޖެއިން ވަނީ ޕާކިސްތާނާ ދެކޮޅަށް ލ. ގަމުގައި އެކުވެރި ކަމުގެ މެޗެއް ކުޅެފަ އެވެ. އަދި މިދިޔަ އަހަރު ފަހު ކޮޅު ،މެލޭޝިއާ އާއި ސިންގަޕޫރާ ދެކޮޅަށް ވެސް ކުޅުނެވެ. އަދި އޭގެ ކުރިން ލާއޯސް އާއި ބުރުނާއީ ދާރުއްސަލާމާ ދެކޮޅަށް ވެސް ރާއްޖެއިން ބުރުނާއިގައި މެޗުތަކެއް ކުޅުނެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ރާއްޖޭ ގަޑިން މެންދުރު ފަހު 3:30 ގައި ނުކުންނާނީ ނޭޕާލާއި ކުވައިތެވެ. އެ ގުރޫޕްގެ ދެވަނަ މެޗުގައި މާދަމާ ރޭ ރާއްޖޭ ގަޑިން އިރާކޮޅު 7:30 ގައި އިންޑިއާ އާއި ޕާކިސްތާނު މެޗު އޮންނާނެ އެވެ. ރާއްޖޭ އާއި ބޫޓާން ކުޅޭ ގުރޫޕް ބީގެ މެޗު ބުރާސްފަތި ދުވަހުގެ ރޭ 7:30 ގަ އެވެ. އެ ދުވަހު މެންދުރުފަހު 3:30 ގައި ބަންގްލަދޭޝް އާއި ލުބުނާން ވާދަ ކުރާނެ އެވެ.

ސާފް ޗެމްޕިއަންޝިޕް އިންތިޒާމު ކުރުމުގެ ހުރިހާ ހައިސިއްުޔަތެއް އިންޑިއާ އަށް ދިފައި ވުމުން، އެ ގައުމުން ވަނީ ދެކުނު އޭޝިއާއިން ބޭރުން ލުބުނާއި ކުވައިތު މުބާރާތުގައި ބައިވެރިވާން ފުރުސަތު ދީފަ އެވެ.