ކްރޭވެން ދަ ހަންޓާ: މާވެލްގެ ވިލަން އޮރިޖިން ފިލްމެއް
ކްރޭވެން ދަ ހަންޓާ: މާވެލްގެ ވިލަން އޮރިޖިން ފިލްމެއް

މާވެލްގެ ސްޕައިޑަމޭން ވާހަކައިގެ ވިލަންއެއް ކަމަށްވާ "ކްރޭވެން ދަ ހަންޓާ"ގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމުގެ ފުރަތަމަ ޓްރެއިލާ އިއްޔެ ދައްކާލައިފި އެވެ.

އެ ފިލްމުގައި ދައްކައިދޭނީ ކްރޭވެން ނަމަކަށް ކިޔާ މީހަކު ސްޕައިޑަ-މޭންއާ ޖައްސާލައިގެން އުޅޭ ތަނެވެ. ކްރޭވެން އަކީ މާވެލްގެ މަޝްހޫރު ސުޕަވިލަން ޓީމް "ސިނިސްޓަ ސިކްސް"ގެ މެންބަރެކެވެ.

ފިލްމުގެ ޓައިޓަލް ކެރެކްޓާގެ ރޯލުން ފެންނާނީ މާވެލްގެ "އެވެންޖާސް: އޭޖް އޮފް އަލްޓްރޯން" ގައި ކުއިކް ސިލްވާގެ ރޯލު ވެސް ކުޅުނު އެރޮން ޓޭލާ-ޖޯންސަން އެވެ.

މި ފިލްމު ހިމެނެނީ މާވެލް ސިނަމެޓިކް ޔުނިވާސްގައި ސްޕައިޑަމޭންއާ ގުޅިފައިވާ ސޮނީ ޕިކްޗާސްގެ ވިލަން ފިލްމުތަައް ކަމަށްވާ "ވެނޮމް" އާއި "މޯބިއަސް" ފަދަ ފިލްމުތަކުގެ ތެރޭގަ އެވެ.

ޓްރެއިލާގައި ފެންނަނީ ސާޖެއި ކްރެވިންއޮފް ނަމަކަށް ކިޔާ ކުއްޖަކު ބޮޑުވުމަށް ފަހު، އާދަޔާ ހިލާފު ބާރުތަކަކާއި ތަފާތު ހަތިޔާރު ގެންގުޅޭ ބަޔަކު މަރާ ސުޕަވިލަންއަކަށް ވި ތަނެވެ.

ޖޭސީ ޗަންޑޯ ޑައިރެކްޓުކޮށްފައިވާ މި ފިލްމު ސިނަމާތަކުގައި އަޅުވަން ނިންމާފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހު އެވެ.