ހައްޖަށް ފުރި މީހުންގެ ފަހު ގްރޫޕާ ރައީސް ބައްދަލުކުރައްވައިފި
ހައްޖަށް ފުރި މީހުންގެ ފަހު ގްރޫޕާ ރައީސް ބައްދަލުކުރައްވައިފި

މި އަހަރު ރާއްޖެއިން ހައްޖަށް ދާ މީހުންގެ ފަހު ގްރޫޕާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވައިފި އެވެ.

ހައްޖަށް ފުރި މީހުންގެ ފަހު ގްރޫޕާ ރައީސް ބައްދަލުކުރައްވައިފި
ހައްޖަށް ފުރި މީހުންގެ ފަހު ގްރޫޕާ ރައީސް ބައްދަލުކުރައްވައިފި

ރައީސް އޮފީހުން ބުނީ މި އަހަރު ރާއްޖެއިން ހައްޖަށް ފުރާ މީހުންގެ އެންމެ ފަހު ގްރޫޕާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައްދަލުކުރައްވައި، އެ މީހުންނަށް އަލްވަދާއު ވިދާޅުވި ކަމަށެވެ.

ހައްޖަށް ފުރި މީހުންގެ ފަހު ގްރޫޕާ ރައީސް ބައްދަލުކުރައްވައިފި
ހައްޖަށް ފުރި މީހުންގެ ފަހު ގްރޫޕާ ރައީސް ބައްދަލުކުރައްވައިފި

އެ އޮފީހުން ބުނި ގޮތުގައި، ރައީސް އެ މީހުންނާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބައްދަލުކުރައްވައި، ހާލު އޮޅުން ފިލުއްވި އެވެ. އެ މަނިކުފާނުގެ ހެޔޮ ދުއާ އެ މީހުންނާ އެކުގައިވާ ކަމަށް ވިދާޅުވެ، މަބުރޫރް ހައްޖަކަށް އެދިވަޑައިގެންނެވި އެވެ.

މިއަދު ހައްޖަށް ފުރި އެންމެ ފަހު ގުރޫޕުގައި ހިމެނެނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދާ 288 މީހެކެވެ.

މި އަހަރުގެ އަމީރުލް ހައްޖުގެ ގޮތުގައި ރާއްޖެއިން ހަމަޖައްސާފައި ވަނީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ސައުދި އަރަބިއްޔާ އިން މި އަހަރު ރާއްޖެއަށް ދިނީ 1،000 ކޯޓާ އެވެ. އޭގެ ތެރެއިން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ދީފައިވާ ތިން ކުންފުނިން ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ދީފައިވެ އެވެ. ދެން ހުރި ކޯޓާތައް ދިނީ ހައްޖު ކޯޕަރޭޝަނަށެވެ.

ނަމަވެސް، މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތަކުގައިވާ ގޮތުން މި އަހަރު ރާއްޖެއިން 1،140 މީހަކު ހައްޖަށް ދެ އެވެ. އިތުރުވާ 140 މީހުންނަކީ އިތުރު ކޯޓާ ލިބިގެން ގެންދާ ބައެއް ކަމެއް އަދި ނޭނގެ އެވެ.