އިލާލާއިން "ކައުރީ"ގެ ޕްލެއިން ގަމީސް ނެރެފި
އިލާލާއިން "ކައުރީ"ގެ ޕްލެއިން ގަމީސް ނެރެފި

އިލާލާގެ އަމިއްލަ ބްރޭންޑް "ކައުރީ"ގެ ޕްލެއިން ގަމީސް ތައާރަފްކޮށްފި އެވެ.

މީގެ ކުރިން އިލާލާއިން ވަނީ "ކައުރީ"ގެ އެކި ޑިޒައިންތައް ހިމެނޭ ގަމީހާއި ޓީޝާޓު އަދި އެސެސަރީޒް ތައާރަފުކޮށްފަ އެވެ.

އިލާލާއިން ބުނި ގޮތުގައި އަލަށް ނެރުނު ޕްލެއިން ގަމީސްތަކުގެ ތެރޭގައި ކަސްޓަމަރުންނަށް ކަމުދާނެ ގިނަ ކުލަތަކެއްގެ ގަމީސް އެކި ސައިޒުތަކުން ލިބޭނެ އެވެ. އަދި "ކައުރީ"ގެ އަތްދިގު ގަމީހާއި އަތްކުރު ގަމީސް ވެސް ލިބޭނެ ކަމަށް އިލާލާއިން ބުންޏެވެ.

އިލާލާއިން ބުނީ މި ގަމީސްތައް ތައްޔާރުކޮށްފައި ވާނީ ރާއްޖޭގެ މާހައުލާއި ގުޅޭ، ކޮލެޓީ ރަނގަޅު މޭޓިރިއަލްއިންނެވެ.

"ކައުރީ"ގެ އަލަށް ނެރުނު ގަމީސްތައް މިހާރު އިލާލާއިން ލިބޭނެ އެވެ.