މޫލީއިން އަގީގާ، އުލްހިއްޔާ އަދި ފިދްޔާ އޮންލައިންކޮށް ހަދިޔާ ކުރެވޭނެ
މޫލީއިން އަގީގާ، އުލްހިއްޔާ އަދި ފިދްޔާ އޮންލައިންކޮށް ހަދިޔާ ކުރެވޭނެ

އޫރީދޫގެ އޮންލައިން ކޮމާޝަލް ޕްލެޓްފޯމް މޫލީއިން އަގީގާ، އުލްހިއްޔާ އަދި ފިދްޔާ ދިނުމަށް އެހީތެރިކަން ފޯރުކޮށްދޭ ކުންފުނި "ބަކަރި އެމްވީ" އާ އެކު ޕާޓްނާޝިޕެއް ހަދައިފި އެވެ.

އެ ޕާޓްނާޝިޕުގެ ދަށުން މޫލީ މެދުވެރިކޮށް "ބަކަރި އެމްވީ" އިން އަގީގާ، އުލްހިއްޔާ އަދި ފިދްޔާ އަށް އޯޑަރުކޮށް ހަދިޔާކުރެވޭނެ އެވެ.

މޫލީ މެދުވެރިކޮށް އޯޑަރު ދިނުމުން، ގުރުބާނީގެ ބަކަރި ކަތިލުމާއި ޕެކްކުރުމާއި ހަދިޔާކުރުމުގެ ހުރިހާ ކަމެއް ބަލަހައްޓާނީ ކަސްޓަމަރުގެ އެދުމާ އެއްގޮތަށް "ބަކަރި އެމްވީ" އިންނެވެ.

އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ ވިދާޅުވީ އެ ޕާޓްނާޝިޕް ހެދީ ކަސްޓަމަރުން ބޭނުން ތަނެއްގައި ހުރެގެން ފަސޭހައިން ހުރިހާ ހިދުމަތްތައް ހޯދޭނެ އިންތިޒާމުތައް ހޯދައިދޭން ކަމަށެވެ.

"މި ޕާޓްނާޝިޕްގެ ސަބަބުން ބަކަރި.އެމްވީ އިން އީދަށް ނޫނީ ނަން ކިޔުމުގެ އިތުރުން ފިދްޔަ ދިނުމަށް ވެސް ގުރުބާނީގެ ހަދިޔާ މޫލީ މެދުވެރިކޮށް ކުރެވޭނެ. މޫލީ މެދުވެރިކޮށް އޯޑަރު ދިނުމުން ބަކަރި.އެމްވީ އިން ކަސްޓަމަރުން ބޭނުން ވާ ގޮތައް ޕެކްކޮށް ބޭނުންވާ އެޑްރެސްއަކަށް ޑެލިވާ ވެސް ކުރާނެ." ހަމާދީ ވިދާޅުވި އެވެ.

"ބަކަރި އެމްވީ"ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޖަދީދް އަހުމަދު ވިދާޅުވި ގޮތުގައި އަމާޒަކީ، އަގީގާ، އުލްހިއްޔާ ފަދަ ދީނީ ވާޖިބުތައް އަދާކުރުމުގެ މަގު ފަހިކޮށްދީ، ބޭނުންޖެހިފައިވާ މީހުންނަށް އިތުބާރުކުރެވޭ، ދެފުށް ފެންނަ ގޮތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމެވެ.

މޫލީ މެދުވެރިކޮށް "ބަކަރި އެމްވީ"އަށް އޯޑަރު ދިނުމަށް މޫލީގެ ވެބްސައިޓަށް ވަދެ، "އީދު އުލްހިޔާ އެޑް އަގީގާ" ހިޔާރުކޮށް ބޭނުންވާ މަހުގެ ބާވަތެއް ހިޔާރުކޮށް ސްޕެޝަލް އިންސްޓްރަކްޝަން ގޮޅީގައި ޑެލިވަރީ ކުރަން ބޭނުންވާ އެޑްރެސް ޖަހައި އޯޑަރު ކޮންފާމުކޮށް ފައިސާ ދެއްކުމުން އޯޑަރު ދެވޭނެ އެވެ.

މޫލީ މެދުވެރިކޮށް ސަދަގާތް ކުރުމަށް އޯޑަރު ކުރާ ކަސްޓަމަރުންނަށް ހިލޭ ޑެލިވަރީ ލިބޭނެ އެވެ. ކަސްޓަމަރުން ގެ ސަދަގާތް، އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ކަސްޓަމަރުންގެ ނަމުގައި ބަކަރިއެމްވީ އިން ފުރިހަމަ ކޮށްދޭނެ އެވެ. އަދި ވަކި ބަޔަކަށް ހަދިޔާ ކުރުމަށް ނުވަތަ އަމިއްލައަށް ޑެލިވާކުރަން ބޭނުންވާ ނަމަ އެ ގޮތައްވެސް މި ހިދުމަތް ހަމަޖައްސައިދޭނެ އެވެ.