29 ޖެނުއަރީ 2017 - 11:08

ދުނިޔެ އަށް މަޝްހޫރު ބިލަބޮންގް ބްރޭންޑުގެ ތަކެތި ސޮނީ ސްޕޯޓްސް އިން ރާއްޖެ އަށް ތައާރަފް ކޮށް، ހާއްސަ ލަކީ ޑްރޯއެއް ފަށައިފި އެވެ.
ސޮނީ ސްޕޯޓްސް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އަމީނީ މަގުގައި ހުންނަ ސޮނީ ސްޕޯޓްސްގެ ފިހާރަ އިން އޮސްޓްރޭލިއާގެ މަޝްހޫރު ބިލަބޮންގް ބްރޭންޑުގެ އުފެއްދުންތައް މިހާރު ލިބެން ހުންނާނެ އެވެ.
"އެކި އުމުރުގެ އަންހެނުންނާއި ފިރިހެނުންނަށް ކަމުދާނެ ޓީޝާޓާއި ސޯޓާއި ފައިވާނާއި ދަބަސް އަދި ވޮލެޓު ފަދަ ތަކެތި މިހާރު ސޮނީ ސްޕޯޓްސް ފެޝަން އިން ލިބެން ހުންނާނެ،" ބަޔާނުގައިވެ އެވެ.
ސޮނީ ސްޕޯޓްސް އިން ބުނި ގޮތުގައި ބިލަބޮންގް ބްރޭންޑުގެ އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށް، އެ ފިހާރައިން ފެށި ލަކީ ޑްރޯ ކުރިއަށް ދާނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ބިލަބޮންގް ބްރޭންޑުގެ އުފެއްދުމެއް ގަންނަ ކޮންމެ ކަސްޓަމަރަކަށް ވެސް މި ލަކީ ޑްރޯގައި ބައިވެރިވެވޭނެ ކަމަށް އެ ފިހާރަ އިން ބުންޏެވެ.
މި ލަކީ ޑްރޯ އިން ހަ ނަސީބުވެރިއަކު ހޮވާއިރު، ކޮޮންމެ ނަސީބުވެރިއަކަށް ވެސް ބިލަބޮންގް ބްރޭންޑުގެ ތަކެތި ގަތުމަށް އެ ކަސްޓަމަރަކު ހޭދަ ކުރި އަގުގެ ވައުޗަރެެއް ލިބޭނެ އެވެ.
ބިލަބޮޮންގް ބްރޭންޑުގެ ތަކެތީގެ އިތުރުން ވެސް ސޮނީ ސްޕޯޓްސް އިން ދުނިޔެ އަށް މަޝްހޫރު ގިނަ ބްރޭންޑުތަކެއްގެ އުފެއްދުންތައް ވިއްކަ އެވެ. އޭގެ ތެރޭގައި އެޑިޑާސް، ކުއިކްސިލްވާ، ރޮކްސީ އަދި ރިޕްކާލް ފަދަ ބްރޭންޑްތައް ހިމެނެ އެވެ.