ރަޝިއާ އަށް ގިނަ އަދަދެއްގެ އަސްކަރީ ޓޭންކަރު ބޭނުން: ޑިފެންސް މިނިސްޓަރު
ރަޝިއާ އަށް ގިނަ އަދަދެއްގެ އަސްކަރީ ޓޭންކަރު ބޭނުން: ޑިފެންސް މިނިސްޓަރު

މޮސްކޯ (ޖޫން 17) - ޔޫކްރޭނާ ދެކޮޅަށް ރަޝިއާއިން ކުރަމުންދާ ހަނގުރާމައިގައި ބޭނުން ކުރަން ގިނަ އަދަދެއްގެ އަސްކަރީ ޓޭންކަރު ބޭނުންވާ ކަމަށް އެ ގައުމުގެ ދިފާއީ ވަޒީރު ސާގޭ ޝޮއިގޫ މިއަދު ވިދާޅުވެއްޖެ އެވެ.

ރަޝިއާގެ ހުޅަނގު ސިޓީ ސައިބީރިއާގެ އަސްކަރީ ފެކްޓްރީއަކަށް ޒިޔާރަތް ކުރެއްވި ޝޮއިގޫ ވަނީ ޓެންކަރު އުފެއްދާ މިންވަރު އިތުރު ކުރުމަށް ވިދާޅުވެފަ އެވެ. އަދި އަސްކަރީ އަޅަނދުތަކުގައި ރަނގަޅު ސެކިއުރިޓީ ފީޗާސްތަކެއް ބެހެއްޓުމުގެ މުހިންމުކަން ވެސް އޭނާ ފާހަގަ ކުރެއްވި ކަމަށް ރަޝިއާގެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެ އެވެ.

"މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޔޫކްރޭންގައި މޮސްކޯއިން ފެށި ހާއްސަ އަސްކަރީ އޮޕަރޭޝަން ހިންގާ ރަޝިޔާގެ ސިފައިންގެ ބޭނުންތަކަށް ކޮންމެހެން ކުރަންޖެހޭ ކަމެއް،" އަސަކަރީ ޓޭންކަރު އުފެއްދުމަށް ބާރު އަޅުއްވައި ޝޮއިގޫ ވިދާޅުވިކަމަށް ޑިފެންސް މިނިސްޓްރީ ބުނެ އެވެ.

ގިނަ އަދަދެއްގެ ޓޭންކަރު އުފައްދަން ރަޝިއާއިން ބާރު އަޅަނީ، ހަނގުރާމައިގައި އެ ގައުމުން ބޭނުން ކުރި ގިނަ އަދަދެއްގެ ޓޭންކަރުތަކަށް ޔޫކްރޭނުންގެ ސިފައިން ހަމަލާދީ ހަލާކުކޮށްލާފައިވުމުން ކަމަށް މީޑީއާ ރިޕޯޓްތައް ބުނެ އެވެ.

ޔޫކްރޭނުން ރައްދުގައި ދޭ ހަމަލާތައް ނާކާމިޔާބުވެފައިވާ ކަމަށް ރަޝިޔާއިން ބުނެ އެވެ. ނަމަވެސް ޔޫކްރޭނުން ބުނަނީ ބުނަނީ މައިގަނޑު ގޮތެއްގައި ދެކުނު ސަރަހައްދުން ރަޝިއާއިން ކުރިން ހިފި ގާތްގަނޑަކަށް 100 އަކަކިލޯމީޓަރުގެ ސަރަހައްދުގެ ކޮންޓްރޯލް އަލުން ޔޫކްރޭނުން ނަގާފައިވާ ކަމަށެވެ.