އަރުޝަން: 12 އަހަރު ފަހުން ވެސް ހިތްވަރަކަށް ބަދަލެއް ނާދޭ
އަރުޝަން: 12 އަހަރު ފަހުން ވެސް ހިތްވަރަކަށް ބަދަލެއް ނާދޭ

ރާއްޖޭގައި ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިން ފުރަތަމަ ޑިވިޝަނުގައި ދުވަސްކޮޅަކު ފެނިލާފައި ދަނޑުމަތިން ގެއްލުމަކީ އާއްމު ކަމެކެވެ. އެކަށޭނަ މުސާރައެއް ނުލިބުމާއި އަނިޔާގެ މައްސަލަތަކަކީ އޭގެ ތެރޭން އެންމެ އާއްމު ކަންތައްތަކެވެ.

އަރުޝަން: 12 އަހަރު ފަހުން ވެސް ހިތްވަރަކަށް ބަދަލެއް ނާދޭ
އަރުޝަން: 12 އަހަރު ފަހުން ވެސް ހިތްވަރަކަށް ބަދަލެއް ނާދޭ

ދިވެހި ޕްރިމިއާ ލީގަށް އަލަށް ޕްރޮމޯޓްވި ބުރު ސްޕޯޓްސް ކްލަބްގެ ގޯލްކީޕަރު އަބްދުﷲ އަރުޝަން މީގެ ކުރިން ފުރަތަމަ ޑިވިޝަނުން ފެނުނީ 2012 ވަނަ އަހަރު އެވެ. އޭރު ކްލަބް އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) ގެ ކެޕްޓަންގެ މަގާމުގައި ހުރި އަރުޝަންގެ ކަކުލަށް ލީގުގައި ކުޅުނު މެޗެއްގައި އަނިޔާވެގެން ދުވަސްކޮޅަކަށް ކުޅުން ހުއްޓާލަން މަޖުބޫރުވީ އެވެ. ނަމަވެސް އޭގެ 12 އަހަރު ފަހުން އަރުޝަން ވަނީ އަލުން އެނބުރި ޕްރިމިއާ ލީގުގައި ކުޅެން ފަށައިފަ އެވެ.

އަރުޝަން: 12 އަހަރު ފަހުން ވެސް ހިތްވަރަކަށް ބަދަލެއް ނާދޭ
އަރުޝަން: 12 އަހަރު ފަހުން ވެސް ހިތްވަރަކަށް ބަދަލެއް ނާދޭ

ދިގު މުއްދަތަކަށް ފުރަތަމަ ޑިވިޝަނާ ދުރުގައި ހުރުމަށް ފަހު އަރުޝަން ވަނީ ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބުން ހޯދި ފުރަތަމަ މޮޅުގައި، އެ ޓީމު ކޮޅަށް ގޯލެއް ވަނަ ނުދީ ހިފަހައްޓާލައިފަ އެވެ.

އަރުޝަން: 12 އަހަރު ފަހުން ވެސް ހިތްވަރަކަށް ބަދަލެއް ނާދޭ
އަރުޝަން: 12 އަހަރު ފަހުން ވެސް ހިތްވަރަކަށް ބަދަލެއް ނާދޭ

"ކުޅުން ހުއްޓާލަން ބޭނުމެއް ނުވި އަސްލު. އަބަދުވެސް ފުޓްބޯޅަ ކުޅުމަކީ އެންމެ ކުރަން ބޭނުންވި ކަންތައް، ގައުމީ ޓިމަށް ކުޅުމަކީ. ކަކުލުގެ ސާޖަރީ ހަދަން ވެގެން، ޖެހުނީ ކުޅުން ހުއްޓާލަން. އިންޖަރީ ވީ ނިއު އާ ކުޅުނު ލީގު މެޗެއްގައި،" 23 އަހަރުން ދަށުގެ ގައުމީ ޓީމުގައި ވެސް ހިމެނުނު އަރުޝަން ބުންޏެވެ.

އަރުޝަން: 12 އަހަރު ފަހުން ވެސް ހިތްވަރަކަށް ބަދަލެއް ނާދޭ
އަރުޝަން: 12 އަހަރު ފަހުން ވެސް ހިތްވަރަކަށް ބަދަލެއް ނާދޭ

"އާމްދަނީ ހޯދަން އެހެން މަސައްކަތެއް ކޮށްގެން އެކަން ކުރަން ޖެހުނީ އެ ދުވަސްވަރު. ކްލަބުގެ ފަރާތުން އެކަން ކޮށެއް ނުދެވުނު، މުސާރައެއް ވެސް ނުދެވުނު. ވަޒީފާ އަށް ގޮސްގެން އަދި އާއިލާގެ ވެސް އެހީތެރިކަމާ އެކު ސާޖަރީ ކުރީ 2014 ވަނަ އަހަރު."

ސާޖަރީ އަށް ފަހު ވެސް އަރުޝަން އަށް ފުރުސަތުތައް ލިބުނެވެ. ނަމަވެސް ވަޒީފާގެ ގޮތުން ހުށަހެޅުމަކަށް އެއްބަސް ނުވެވުނީ އެވެ. އޭނާ ބުރު ސްޕޯޓްސް ކްލަބާ ގުޅުނީ 2017 ވަނަ އަހަރެވެ. ތިން ވަނަ ޑިވިޝަންގެ ސެމީ ފައިނަލުން ކެޓި ނަމަވެސް އެނބުރި އައި މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކީ އަރުޝަން އެވެ. އެވޯޑާ އެކު އަނެއްކާ ވެސް ފުރަތަމަ ޑިވިޝަނުގެ ފުރުސަތު އޭނާއަށް ލިބުނެވެ. ނަމަވެސް ބުރު ސްޕޯޓްސް އާއެކު ކާމިޔާބު ހޯދަން އޭނާ މަޑުކުރީ ކްލަބްގެ ހުށަހެޅުން ރަނގަޅު ވުމުންނެވެ.

ބުރު ސްޕޯޓްސް އާއެކު އަރުޝަން ވަނީ ތިން އަހަރު ތިން ވަނަ ޑިވިޝަން ކުޅެފަ އެވެ. ފަހު އަހަރު ޗެމްޕިއަންކަން ހޯދައި، ޕްރިމިއާ ލީގަށް ޕްރޮމޯޓް ވީ މިދިޔަ އަހަރު ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި، ޕްލޭއޮފްގެ ދެވަނަ ހޯދައިގެންނެވެ. މިއީ އޭނާ އެ ޓީމަށް ކުޅެދޭ ފަސް ވަނަ ސީޒަނެވެ.

ސީޒަންގެ ކުރީކޮޅު ޕްރެޒިޑެންޓްސް ކަޕްގައި ކުޅުނީ ޓީމުގެ ޒުވާން ކީޕަރު ޝައިހާން އަލީ އެވެ. ލީގު ފުރަތަމަ މެޗުގައި ވެސް އަރުޝަން އިނީ ބެންޗުގަ އެވެ. އޭނާ އަށް ފުރުސަތު ލިބުނީ ދެވަނަ މެޗުގައި، ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުލުނު މެޗުގަ އެވެ. މެޗަށް ފަހު ބުރުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވެސް ވަނީ އަރުޝަން ދެއްކި މިސާލަށް ތައުރީފް ކޮށްފަ އެވެ.

"އަސްލު ވަރަށް އުފާވޭ އެހާ އެކްސްޕީރިއަންސްޑް ކީޕަރެއް، އަރަމުން އަންނަ ޖޫނިއާ ކީޕަރަކާ އެކު މަސައްކަތް ކޮށްގެން އެ ދައްކާ ނަމޫނާ. އޭނާގެ ފުރުސަތަށް މަޑު ކޮށްގެން، ލިބުނު ފުރުސަތުގައި އޭނާގެ ހުނަރާއި ތަޖުރިބާ ވަރަށް ރަނގަޅަށް ދައްކައިފި،" މެޗަށް ފަހު މީޑިއާ އާ ވާހަކަ ދައްކަމުން، 2018 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދި ޓީސީ ސްޕޯޓްގެ ޓީމަށް ދާން އަރުޝަން އަށް ދައުވަތު ދިން ކޯޗު ނިޒާމްބެ ބުނެފައި ވެއެވެ.

މި ސީޒަން ކުޅެލާފައި އުމުރުން މިހާރު 33 އަހަރުގެ އަރުޝަން ހުރީ އަދި ކުޅުން ހުއްޓާލާ ގޮތަކަށް ނޫނެވެ. ފުރަތަމަ ޑިވިޝަނުގައި މިހާރު ކުޅެމުން އަންނަ ކީޕަރުންނާ އެއް ފެންވަރެއްގައި އަދި ދުވަސްކޮޅަކު ވާދަ ކޮށްލަން އޭނާ ބޭނުންވެ އެވެ.

"ޒުވާން ކީޕަރުންނަށް ވާދަވެރި މެޗު ކުޅެން ލިބުން އެއީ ވަރަށް މުހިއްމު ކަމެއް. ޝައިހާން އަކީ ވެސް ވަރަށް މޮޅު ޒުވާން ކީޕަރެއް. ގިނަ މެޗު ކުޅެގެން ތަޖުރިބާ ލިބި، ކުރިއަރާނީ ވެސް،" އުރީދޫގައި ވަޒީފާ އަދާކުރަމުން އަންނަ އަރުޝަން ބުންޏެވެ.

"ސީޒަން ފެށި ދުވަސްކޮޅު ދިމާވީ އަންހެނުން ވިހަން ތައްޔާރުވި ދުވަސްވަރާ. އެހެންވެ ގިނަ ޕްރެކްޓިސްތަކުގައި ވެސް ބައިވެރި ނުވެވޭ. ފަހުން ހަމަޔަކަށް އެޅިގެން ކުޅެން ފުރުސަތު ލިބުމުން ވެސް އުފާވި. ސާޖަރީއަކަށް ފަހު ކުޅޭއިރު ވެސް އަބަދުވެސް އިތުބާރު އޮވޭ އަމިއްލަ ނަފްސަށް."

އަރުޝަން ބުނީ ކުރިން ފުރަތަމަ ޑިވިޝަނުގައި ކުޅުނުއިރު އެހެން ޓީމުތަކުން ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވުމުން އެކަމާ މާޔޫސް ނުވާ ކަމަށެވެ. އޭވައިއެލް އަކީ ފުރަތަމަ ޑިވިޝަނަސް އޭރު އާ ކުލަބެއް ނަމަވެސް އޭރު ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ކުޅުނީ ވަރަށް ވާދަވެރި މާހައުލެއްގައި ކަމަށެވެ.

އޭވައިއެލް އާއެކު ވެސް އަރުޝަން ފެށީ ތިންވަނަ ޑިވިޝަނުންނެވެ. ފުރަތަމަ ޑިވިޝަން ކުޅެން ފެށީ 2009 ވަނަ އަހަރު އެވެ. އޭރު ވެސް ޓީމުގައި އިނީ ދެވަނަ ކީޕަރެއްގެ ގޮތުގަ އެވެ. ނަމަވެސް މިހާރު މާޒިޔާ އަށް ކުޅޭ ކީޕަރު މުހައްމަދު ފައިސަލް 2010 ވަނަ އަހަރު އޭވައިއެލް ދޫކޮށް ވިކްޓަރީއާ ގުޅުނު ހިސާބުން އަރުޝަން އަށް ޓީމުގެ އެއް ނަމްބަރު ކީޕަރުކަން ލިބުނެވެ.

"އޭރު ކޮންމެ ޓީމެއްގައި ވެސް ތިބޭނީ ގައުމީ ޓީމަށް ވާދަކުރާ މޮޅު ކީޕަރުން، އަނެއްކާ ވަރަށް ވާދަވެރި ވާނެ. ސަޕޯޓަރުގެ ފޯރި ވެސް އޮވޭ. ވީބީ ކަހަލަ ޓީމުތަކާ ދެކޮޅަށް ކުޅޭއިރު ވަރަށް ޗެލެންޖިން ވާނެ. އޭރު އޭވައިއެލްގެ އެއް ނަމްބަރު މަގާމު ލިބުމުން ފުރުސަތުގައި އެންމެ ބެސްޓް ދެއްކޭތޯ ބެލީ އަބަދުވެސް. އެހެން ކްލަބަކަށް ބަދަލުވާން ހިޔާލެއް ނުކުރަން،" އަރުޝަން ބުންޏެވެ.