ކޮމަންވެލްތުގެ މަދަނީ ޖަމިއްޔާގެ އޭޝިއާ ގަވަރުނަރަކަށް ސަފާތު
ކޮމަންވެލްތުގެ މަދަނީ ޖަމިއްޔާގެ އޭޝިއާ ގަވަރުނަރަކަށް ސަފާތު

ކޮމަންވެލްތު ފައުންޑޭޝަނުން އެކުލަވައިލާ މަދަނީ ޖަމިއްޔާތަކާ ބެހޭ ހާއްސަ ބޯޑުން އޭޝިޔާ ތަމްސީލުކޮށްދޭ ގަވަރުނަރުގެ ގޮތުގައި, ވިމެން އެންޑް ޑިމޮކްރަސީ ޖަމިއްޔާގެ ސާފަތު އަހްމަދު ޒާހިރު ހޮވައިފި އެވެ.

މިދިޔަ ފެބްރުއަރީގައި ހުޅުވާލި ފުރުސަތުގެ ދަށުން ކޮމެންވެލްތުގެ ފަސް ސަރަހައްދު، އެފްރިކާ, އޭޝިޔާ, ކެރޭބިޔަން އެންޑް އެމެރިކާސް, ޕެސިފިކް އަދި ޔޫރަޕް, މިއިން ކޮންމެ ސަރަހައްދަކުން ގަވަރުނަރަކު އައްޔަންކުރުމަށް ހަމަޖެއްސި އެވެ.

ސަފާތު ހޮވުނީ އޭޝިޔާއިން ކުރިމަތިލި 600 މީހުންގެ ތެރެއިންނެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ހެޑްގެ މަގާމުގައި ހުންނެވި ސަފާތު ވިދާޅުވީ އެފަދަ މުހިއްމު މަގާމެއްގައި ހުރެ ކޮމަންވެލްތުގެ ލަނޑުދަނޑިތައް ކަމުގައިވާ މިންތީގެ ހަމަހަމަކަން, ޑިމޮކްރަސީ އަދި އިންސާނީ ހައްގުތައް ހިފެހެންޓުން ފަދަ ކަންކަން ހާސިލްވާނޭ ފަދައިން އޭޝިޔާ ސަރަހައްދުގެ މަދަނީ ޖަމިއްޔާ ޖަމާއަތްތަކުގެ ލާބަ އާއި މަންފާއަށް މަސައްކަތްކުރާނެ ކަމަށެވެ.

ސަފާތު ވިދާޅުވީ އެ ޖަމިއްޔާ ތަކުގެ އަޑުއުފުލައިދީ ކުރިއަށް އޮތް މުސްތަގުބަލުގައި ލިބޭ ފުރުސަތުތައް ފަހިކޮށްދީ އޭޝިޔާ ސަރަހައްދުގެ ކުރިއެރުމަށް މަސައްކަތްކުރުމަކީ އޭނާގެ އަޒުމް ކަމަށެވެ.

އެފަދަ މަގާމެއްގައި ރާއްޖޭގެ ޒުވާނަކަ ހުރުމަކީ ކޮމަންވެލްތާއި އެ ފައުންޑޭޝަންގެ އެކިއެކި ސަރައްދުތަކާއި އޮންނަ ގުޅުން ބަދަހިކުރެވި ބައިނަލްއަގުވާމީ މާއިދާނުގައި ރާއްޖޭގެ އެއްބާރުލުން އިރުވެގެންދާނެ ކަމެއް ކަމަށެވެ.