ދިވެހި ފިލްމުތައް އިޝްތިހާރު ކުރަން ހުރީ ކޮން ފުރުސަތުތަކެއް؟
ދިވެހި ފިލްމުތައް އިޝްތިހާރު ކުރަން ހުރީ ކޮން ފުރުސަތުތަކެއް؟

ފިލްމުތައް އިޝްތިހާރުކޮށް، މާކެޓް ކުރުމަކީ މިހާރު ވަރަށް ތަފާތު އުކުޅުތަކެއް ބޭނުންކޮށްގެން ކުރާ ކަމެކެވެ. ބޮލީވުޑާއި ހޮލީވުޑަށް ބެލިޔަސް ކަން އޮތީ މިހެންނެވެ.

ދިވެހި ފިލްމުތައް އިޝްތިހާރު ކުރަން ހުރީ ކޮން ފުރުސަތުތަކެއް؟
ދިވެހި ފިލްމުތައް އިޝްތިހާރު ކުރަން ހުރީ ކޮން ފުރުސަތުތަކެއް؟

ފިލްމު ހަދަން ކުރާ ހަރަދާ އެއްވަރުގެ ނުވަތަ އޭގެ ދެބައި ކުޅަ އެއްބައި ނުވަތަ ހަތަރު ބައި ކުޅަ އެއްބައި ވަރުގެ ހަރަދެއް ފިލްމުތައް ޕްރޮމޯޓް ކުރުމަށް މިހާރު ޕްރޮޑިއުސަރުން ހަރަދު ކުރެ އެވެ.

ދިވެހި ފިލްމުތައް އިޝްތިހާރު ކުރަން ހުރީ ކޮން ފުރުސަތުތަކެއް؟
ދިވެހި ފިލްމުތައް އިޝްތިހާރު ކުރަން ހުރީ ކޮން ފުރުސަތުތަކެއް؟

އޭގެ ނަތީޖާއަކީ ފިލްމެއްގެ ޕްރޮމޯޝަން ރަނގަޅު މިސްރާބަކަށް ގެންދެވިއްޖެ ނަމަ، ފިލްމުގެ ވިޔަފާރި އިންތިހާ އަށް އިތުރުވުމެވެ. ބޮލީވުޑްގެ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން އަދި އެކްޓަރުން ފިލްމެއް ޕްރޮމޯޓް ކުރަން މިހާރު ނުފުރޮޅާ އެންމެ ގާކޮޅެއް ވެސް ނުބާއްވަ އެވެ. ފިލްމުގެ މަސައްކަތް ނިމޭ ހިސާބުން ދެން އޮންނަނީ ވަރަށް ބިޒީކޮށް ފިލްމު ޕްރޮމޯޓް ކުރުމެވެ.

އެކަމަކު އެ މީހުން އަދިވެސް އެކަން ކުރަނީ ސޯޝަލް މީޑިއާ އަށް ވުރެ ބޮޑަށް އަމަލީ ގޮތުން ކުރެވޭ އެހެން ކަންކަމަށެވެ.

މިސާލަކަށް އިންޑިއާގެ ޗެނަލްތަކުން ދައްކާ އެކިއެކި ޝޯތަކުގައި ފިލްމުތައް މިހާރު ޕްރޮމޯޓް ކުރުމަކީ އެންމެ ވަރުގަދަ އެއް ކަންތަކެވެ.

ރާއްޖޭގެ މި ކުޑަކުޑަ ފިލްމު އިންޑަސްޓްރީ އަށް ބަލާއިރު ވެސް، ފިލްމުތައް އިޝްތިހާރު ކުރަން ދޭ ސަމާލުކަން ހަމަ ވަރަށް ބޮޑެވެ.

މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާ ނަމަ، އެކަން އެންމެ ވަރުގަދަކޮށް ކުރާ އެއް ގޮތަކީ ފިލްމުތަކުގެ ޕޯސްޓަރުތައް ވީހާ ވެސް ގިނަ ބަޔަކަށް ފެންނާނެ ގޮތް ހެދުމެވެ. އެހެންވެ ފިލްމެއް އަޅުވާ ނަމަ، މާލޭގެ އެތަން މިތަނުން ފިލްމުގެ ޕޯސްޓަރުތައް ފެންނާނެ އެވެ. އަދި ބޮޑެތި ޕޯސްޓަރުތައް ހެދުމުގެ ފޯރި ވެސް އެއް ދުވަސްވަރެއްގައި ވަރަށް ގަދަ އެވެ.

އެއް ބަޔަކަށް ވުރެ އަނެއް ބައެއްގެ ޕޯސްޓަރު ބިޔަ ކުރެވޭތޯ ކުރި މަސައްކަތްތަކެއް ވެސް މާޒީގެ ތެރެއިން ފެނިގެން ގޮސްފައިވެ އެވެ.

އެކަމަކު މިހާރު ޒަމާން ބަދަލުވެއްޖެ އެވެ. ޕޯސްޓަރު ތަތްކުރުމުގެ ފޯރިއެއް މިހާރަކު ނެތެވެ. އަނެއްކޮޅުން މިހާރު މާލޭގެ މަގުތަކުގައި ޕޯސްޓަރުތައް ޖެހުމަކީ ވެސް ފަސޭހައިން ކުރެވެން އޮތް ކަމެއް ނޫނެވެ. މަގުތައް ހަޑިވެދާނެތީ އެކަން ކުރަން ސަރުކާރުން ހުއްދަ ދޭން ވެސް މިހާރު ބޭނުމެއް ނުވެ އެވެ.

އެހެންވެ މިހާރު ދިވެހި ފިލްމެއް އެޅުވިޔަސް، ކުރިންހެން މަގުތަކުން ޕޯސްޓަރުތައް ފެނުނު ގޮތަކަށް މިހާރު އެ މަންޒަރެއް ނުފެނެ އެވެ. އެއީ އެއްގޮތަކުން ރަނގަޅު ބަދަލަކަށް ވެސް ވެދާނެ އެވެ. ޕްރޮޑިއުސަރުންގެ ޖީބަށް ލުޔަކަށް ވެސް ވެދާނެ އެވެ.

ޕޯސްޓަރުތައް ޗާޕް ކުރުމަކީ ވެސް ހަރަދުތަކެއް ހިނގާނެ ކަމެކެވެ. ކަރުދާހާއި ކެންވަހުގައި ޕްރިންޓްކޮށްގެން އެކަން ކުރުމަށް ވުރެ، ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް މިހާރު އެކަން ކުރެވެން އެބަ އޮތެވެ.

މިހާރު މިއީ ސޯޝަލް މީޑިއާގެ ޒަމާނެވެ. އެހެންވެ ފިލްމުތައް ޕްރޮމޯޓް ކުރަން މިހާރު ދިވެހި ޕްރޮޑިއުސަރުންނަށް މި ވަރެއް ނެތެވެ. އެއް ކަމަކީ ޕޯސްޓަރުތައް ޗާޕްކުރަން ނުޖެހުމެވެ.

ތަފާތު ގޮތްގޮތަށް ހަދާފައި، ޕޯސްޓަރުތައް ހަމަ ސޯޝަލް މީޑިއާގައި ހަމަ ކޮންމެ ދުވަހަކު ވެސް ދައްކައިލެވެން އެބަ އޮތެވެ. އެކަން ވަރަށް ރަނގަޅަަށް ބައެއް ޕްރޮޑިއުސަރުން މިހާރު ކުރެ އެވެ.

މިހާރު ފިލްމެއް ލޯންޗް ކުރާ ހިސާބުން ސޯޝަލް މީޑިއާގެ ތަފާތު ވަސީލަތްތަކާ އެކު، ޕްރޮމޯޝަން އޮންނަނީ ފެށިފަ އެވެ. ފިލްމުގެ ޝޫޓިން ފަށާ ހިސާބުން ގޮސް، ފިލްމު އެޅުވުމާ ހަމައަށް ވާނުވާ މިހާރު ބަލައިލެވެ އެވެ. މިއީ ފިލްމުތަކަށް ލޯބި ކުރާ މީހުންނަށް އޮތް ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ހާއްސަކޮށް ފޭސްބުކަކީ މިކަމަށް އެންމެ ނުފޫޒު ގަދަ އެއް ވަސީލަތެވެ. ސޯޝަލް މީޑިއާގައި ފިލްމުތައް އިޝްތިހާރު ކުރުމުން، ވަގުތާއި ހަރަދާއި މަސައްކަތް ވެސް ލުއިވެ އެވެ. އެހެންވެ ދިވެހި ޕްރޮޑިއުސަރުންގެ ޝައުގުވެރިކަން ވެސް މިހާރު މަގުތައް މަތީގައި ޕޯސްޓަރުތައް ޖަހާކަށް އެހާ ބޮޑަކަށް ނެތެވެ.

"އަސްލު ބޭނުންވޭ އަދިވެސް މަގުމަތީގައި ޕޯސްޓަރު ޖަހަން. އެކަމަކު އެއީ މިހާރު ކުރަން ވަރަށް އުނދަގޫ ކަމެއް. ސޯޝަލް މީޑިއާ ގިނަ ބަޔަކު ބޭނުން ކުރިޔަސް، ފިލްމު ބަލާ އޯޑިއަންސްގެ ތެރޭގައި އެބަތިބި، ސޯޝަލް މީޑިއާ އެއްގޮތަކަށް ވެސް ބޭނުން ނުކުރާ މީހުން،" ޕްރޮޑިއުސަރަކު ބުންޏެވެ. "ފިލްމު ބަލާ އޯޑިއަންސްގެ ވަރަށް ބޮޑު ބައެއް ދުވަސްވީ އަންހެންވެރިންނަކީ. އެ މީހުންނަށް ވާނުވާ ނޭނގުމަކީ އަސްލު ބޮޑު ގެއްލުމެއް."

ކާމިޔާބު ފިލްމުތަކެއް ގެނެސް ދީފައިވާ ޑައިރެކްޓަރަކު ބުނީ ފިލްމުތައް ޕްރޮމޯޓް ކުރަން، ސޯޝަލް މީޑިއާ މިހާރު މާ ފައްކާ ކަމަށެވެ. އެހެންވެ އޭނާގެ ފިލްމުތަކަށް ލޯބި ކުރާ މީހުންނަށް ސޯޝަލް މީޑިއާ މެދުވެރިކޮށް، ވާނުވާ މާ ރަނގަޅަށް ސާފުކޮށްދެވޭ ކަމަށް ބުންޏެވެ.

"އަހަރެން އެންމެ ފަހުން އެޅުވި ފިލްމުގެ ހުރިހާ ޕްރޮމޯޝަނެއް ވެސް ހަމަ ސޯޝަލް މީޑިއާ މެދުވެރިކޮށް މި ހިންގީ. އެގޮތް މާ އިފެކްޓިވް މިހާރު،" އޭނާ ބުންޏެވެ. "ސޯޝަލް މިޑިއާ ހޭންޑްލް ކުރާނެ މީހަކު ހާއްސަކޮށްފައި އެކަން ކުރީމަ މިހާރު މާ ބޮޑަށް ވެސް ރަނގަޅު."

ރާއްޖެ އަށް ބަލައިފި ނަމަ، ފިލްމުތައް ޕްރޮމޯޓް ކުރެވޭނެ ގޮތްތައް ފަހަރުގައި މަދުވެ ދާނެ އެވެ. އެކަމަކު މިހާރު ޓީވީ ޗެނަލްތަކާއި އޮންލައިން ނޫސްތައް ވަރަށް ގިނަ އެވެ. އެހެންވެ މިއިން ކޮންމެ ވަސީލަތަކީ ވެސް ފުރުސަތުތަކެވެ.

މި ވަސީލަތްތަކަށް ބަލާ އިރު، ރާއްޖޭގެ ހުރިހާ ޓީވީ ޗެނަލްތަކާއި ރޭޑިއޯ ޗެނަލްތަކުން ފިލްމީ ދާއިރާ އަށް ހާއްސަ ޕްރޮގްރާމްތައް ގެނެސްދެ އެވެ. އޮންލައިން ނޫސްތަކަށް ބަލައިފި ނަމަ، ފިލްމީ ދާއިރާގެ ކުރިއަރުވަން އެ މީހުން ކުރާ މަސައްކަތް ވެސް މިހާރު ކުޑައެއް ނޫނެވެ.

އެހެން ނަމަވެސް ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ. އެއީ އެފަދަ ބައެއް ވަސީލަތްތަކުގެ "ފިކުރު ހުންނަ ގޮތުން" ފުރުސަތުތައް ލިބުމުގައި ހުރި ދަތި ކަމެވެ.

"މިއީ ފަހަރެއްގައި ސިޔާސީ ވާހަކައަކަށް ވެސް ވެދާނެ. ބައެއް ޗެނަލްތަކުން ފުރުސަތު ލިބުމުގައި އެބަ ހުރޭ ހުރަސްތަކެއް. އެކަމަކު އޭގެ ތަފުސީލަކަށް ދާކަން ބޭނުމެއް ނޫން،" ވަކި ޕާޓީއަކަށް ތާއީދު ކުރާ މީހަކަށްވާތީ، ހުރި ދަތިތަކަށް އިޝާރާތްކޮށް ޕްރޮޑިއުސަރަކު ބުންޏެވެ. "ސިޔާސީ ފިކުރު ތަފާތުވުމަކީ މުޅިން އަދި އެހެން ކަމެއް. އަހަރެން މި ކުރާ މަސައްކަތަކީ ފަންނީ މަސައްކަތެއް. މުނިފޫހިފިލުވުމުގެ ދާއިރާ ކުރިއަރުވަން ކުރާ މަސައްކަތާއި ސިޔާސީ ކަންކަމާ ހަގީގަތުގައި ގުޅުވައިގެން ނުވާނެ."

އެހެން ޕްރޮޑިއުސަރަކު ބުނި ގޮތުގައި ބައެއް އޮންލައިން ނޫސްތަކުން ވެސް މި މައްސަލަ ކޮންމެވެސް ވަރަކަށް ކުރިމަތިވެ އެވެ. އަދި ހަމައެއާ އެކު އޮންލައިން ނޫސްތަކުން ދިމާވާ އެހެން މައްސަލައެއް ވެސް އެބަ އޮތެވެ.

"މިސާލަކަށް އަހަރެމެންގެ އޮންލައިން މީޑީއާ ޕާޓްނަރަކަށް ނެގީއްޔޯ މިހާރު އޮންލައިން. ދެން ވާ ގޮތަކީ އެހެން ނޫސްތަކުން މިކަމާ ހިތްބަރުކޮށްގެން ބޭނުމެއް ނުވޭ، ފިލްމާ ގުޅޭ އެއްވެސް ހަބަރެއް އެ ނޫސްތަކުން ގެނެސް ދޭކަށް،" ޕްރޮޑިއުސަރަކު ބުންޏެވެ. "ފަހަރުގައި މިކަން ވެދާނެ އޮންލައިން ނޫސްތަކުގެ މެދުގައި އޮންނަ ވާދަވެރި ކަމެއްގެ ސަބަބުންވާ ކަމަކަށް. އެކަމަކު ފިލްމެއް ޕްރޮމޯޓް ކުރަން އަހަރެމެން ބޭނުމިއްޔާ ހުރިހާ ދިމާއަކުން ފުރުސަތުތައް ލިބުމަކީ ވަރަށް މުހިއްމު ކަމެއް."

އޭނާ އަދި ބުނީ ބައެއް އޮންލައިން ނޫސްތަކުން އެކަހަލަ އުސޫލްތަކެއް ގެންގުޅޭތީ، ފިލްމުތަކުގެ ވިޔަފާރި ވެސް ހަލާލުކޮށްލެވޭ ކަމަށެވެ.

"އެކަމަކު ހަމަ އެ ނޫސްތަކުން ފިލްމު އެޅުވީމަ އޭގެ ރިވިއު ވަރަށް ނެގަޓިވްކޮށް އެބަ ގެނެސްދޭ. އެކަން ގިނަ ފަހަރަށްކޮށްފައި އޮންނަނީ ހަމަ ޒާތީ ކަމެއްގެ ގޮތުގައި،" އޭނާ ބުންޏެވެ. "މިތަނުގައި އަހަރެމެންނަށް ހުރި ރިސޯސްތައް ވަރަށް މަދު. އެހެންވީމަ ހަމަހަމަ ފުރުސަތުތަކެއް އެބަ ޖެހޭ ލިބެން."

ފިލްމުތަކަކީ އާންމުން މުނިފޫހިފިލުވައިދީ، އުފާކޮށްދޭ އުފެއްދުންތަކަށްވާތީ، ފިލްމުތަކާ ބެހޭ މައުލޫމާތު އާންމުންނާ ހަމައަށް ފޯރުން ވަރަށް މުހިއްމެވެ.

"އަހަރެން އުންމީދު ކުރަން މި ފަހަރު މޯލްޑިވިއަން އައިޑޮލްގައި އަހަރެމެންގެ ފިލްމު ފްރޮމޯޓް ކުރަން ފުރުސަތެއް ލިބޭނެ ކަމަށް،" މިދިޔަ ހުކުރު ދުވަހުގެ ރޭ ފަށައި، އަންނަ މޭ މަހުގެ 13 އާ ހަމައަށް ދެމިގެންދާ ޝޯއާ ބެހޭ ގޮތުން ޕްރޮޑިއުސަރަކު ބުންޏެވެ.

މިދިޔަ އަހަރަކީ ވެސް އެ ފުރުސަތު ދެ ފިލްމަކަށް ލިބުނު އަހަރެކެވެ. ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ވާށޭ މަށާއެކީ" އާއި ދެކެދެކެ ވެސް ޕްރޮޑަކްޝަންގެ "ވަފާތެރި ކެހިވެރިޔާ" އަކީ އެ ނަސީބު މިދިޔަ އަހަރު ލިބުނު ދެ ފިލްމެވެ.