ފްލެޓް ޕްރޮޖެކްޓްގެ ނިމުނީ 33 ޕަސެންޓް، އަހަރުގެ ނިޔަލަށް ނިންމާލެވޭނީ 8 ޓަވަރު
ފްލެޓް ޕްރޮޖެކްޓްގެ ނިމުނީ 33 ޕަސެންޓް، އަހަރުގެ ނިޔަލަށް ނިންމާލެވޭނީ 8 ޓަވަރު

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްގެ ދަށުން އަޅާ ފްލެޓްތަކުގެ މިހާތަނަށް ނިމުނީ 33 ޕަސެންޓު ކަމަށާއި މި އަހަރު ނިމޭ އިރު އެއްކޮށް ނިންމާލެވޭނީ އަށް ޓަވަރު ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފި އެވެ.

ފްލެޓް ޕްރޮޖެކްޓްގެ ނިމުނީ 33 ޕަސެންޓް، އަހަރުގެ ނިޔަލަށް ނިންމާލެވޭނީ 8 ޓަވަރު
ފްލެޓް ޕްރޮޖެކްޓްގެ ނިމުނީ 33 ޕަސެންޓް، އަހަރުގެ ނިޔަލަށް ނިންމާލެވޭނީ 8 ޓަވަރު

އެފްޑީސީގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ކޯޕަރޭޓް އެފެއާޒް މެނޭޖަރު އަހުމަދު ޝަމޫލް އަބްދުﷲ ވިދާޅުވީ، މިހާތަނަށް ސްޓްރަކްޗާ ނިމިފައި ވަނީ އެއް ޓަވަރު ކަމަށާއި ހަ ޓަވަރުގެ ސްޓްރަކްޗާ، 10 ބުރިއަށް ވުރެ މައްޗަށް ނެގިފައިވާ ކަމަށެވެ. ސަރުކާރުން ހަދާ 4،000 ފްލެޓު އަޅަނީ 32 ޓަވަރުގަ އެވެ. ކޮންމެ ޓަވަރެއްގެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހުންނާނެ އެވެ.

ފްލެޓް ޕްރޮޖެކްޓްގެ ނިމުނީ 33 ޕަސެންޓް، އަހަރުގެ ނިޔަލަށް ނިންމާލެވޭނީ 8 ޓަވަރު
ފްލެޓް ޕްރޮޖެކްޓްގެ ނިމުނީ 33 ޕަސެންޓް، އަހަރުގެ ނިޔަލަށް ނިންމާލެވޭނީ 8 ޓަވަރު

ފަހި ދިރިއުޅުމުން ޓަވަރުތައް އަޅަނީ ކޮންސްޓްރަކްޝަންގެ އާ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެންނެވެ. އެ ފްލެޓްތައް ހަދަނީ ރެއިންފޯސްޑް ކޮންކްރީޓް ބޭނުންކޮށްގެންނެވެ. އެހެންވެ، ފުރަތަމަ ދެ ފްލޯ ފިޔަވައި، އެހެން ހުރިހާ ފްލޯއެއްގެ ސްޓްރަކްޗާ ހަދަނީ، ތައްގަނޑުތަކަށް ކޮންކްރީޓް އަޅައިގެންނެވެ. މި ޓެކްނޮލޮޖީ ބޭނުން ކުރުމުން ކޮންމެ ފްލޯއެއްގެ ކޮންސްޓްރަކްޝަން މަސައްކަތް އާންމުކޮށް އެކަން ކުރާ ގޮތަށް ވުރެ 14-18 ދުވަސް އަވަސް ކުރެވެ އެވެ.

ފްލެޓް ޕްރޮޖެކްޓްގެ ނިމުނީ 33 ޕަސެންޓް، އަހަރުގެ ނިޔަލަށް ނިންމާލެވޭނީ 8 ޓަވަރު
ފްލެޓް ޕްރޮޖެކްޓްގެ ނިމުނީ 33 ޕަސެންޓް، އަހަރުގެ ނިޔަލަށް ނިންމާލެވޭނީ 8 ޓަވަރު

"މިހާރު އަމަލީ މަސައްކަތް ނުކުރާ އެއްވެސް ޓަވަރެއް ނެތް، ހުރިހާ ޓަވަރެއްގެ ފައުންޑޭޝަން ވަނީ ނިމިފައި،" އޭނާ ވިދާޅުވި އެވެ.

ފްލެޓް ޕްރޮޖެކްޓްގެ ނިމުނީ 33 ޕަސެންޓް، އަހަރުގެ ނިޔަލަށް ނިންމާލެވޭނީ 8 ޓަވަރު
ފްލެޓް ޕްރޮޖެކްޓްގެ ނިމުނީ 33 ޕަސެންޓް، އަހަރުގެ ނިޔަލަށް ނިންމާލެވޭނީ 8 ޓަވަރު

ސަރުކާރުން ކުރިއަށް ގެންދާ 4،000 ފްލެޓްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ 2025 ގެ ކުރީކޮޅު އެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ ދެ ޕްރޮޖެކްޓަކަށް ބަހާލައިގެންނެވެ. ދެ ޕްރޮޖެކްޓް ވެސް ހަވާލު ކުރީ އިންޑިއާގެ ދެ ކުންފުނި، ޖޭއެމްސީ އާއި އެންބީސީސީއާ އެވެ. އޭގެ ތެރެއިން ކޮންމެ ކުންފުންޏަކުން ވެސް 16 ޓަވަރުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ޖޭއެމްސީގެ ޕްރޮޖެކްޓްގެ 35 ޕަސެންޓު މަސައްކަތް ނިމުނު އިރު އެންބީސީސީގެ މަސައްކަތް ވަނީ 31 ޕަސެންޓަށް ނިމިފަ އެވެ.

އެ ފްލެޓުތައް ހަދަން އިންޑިއާގެ އެގްޒިމް ބޭންކުން ދެ ލޯނެއްގެ ގޮތުގައި 227 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ) ހަމަޖައްސައިދީފައި ވަނީ ދިވެހި ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެންނެވެ.

"މި އަހަރު ނިމޭ އިރު އަށް ޓަވަރުގެ މަސައްކަތް ނިމޭނެ،" އޭނާ ވިދާޅުވި އެވެ.

- ޖުމްލަ 17-18 ބުރީގެ 32 ޓަވަރު

- ކޮންމެ ފްލޯއެއްގައި 8 އެޕާޓްމެންޓް

- ދެ ކޮޓަރީގެ 1،200 ފްލެޓް (650 އަކަފޫޓް)

- ތިން ކޮޓަރީގެ 2،800 ޕްލެޓް (900 އަކަފޫޓް)

ޝަމޫލް ވިދާޅުވީ، ފަހި ދިިރިއުޅުމުން ހަދާ ފްލެޓްތަކުގެ ޖާގައިގެ ތަނަވަސްކަމުގެ އިތުރުން ސަލާމަތީ ކަންކަމަށް ހާއްސަ އިސްކަމެއް ދީގެން ކަމަށެވެ. އަދި ބަލި މީހަކު ސްޓްރެޗާއެއްގައި ބޭލޭނެ އިންތިޒާމު ވެސް ކޮންމެ ޓަވަރަކު ވެސް ހުންނާނީ ހަދައިފަ އެވެ.

"އަލިފާން ނިއްވުމުގެ ނިޒާމު ހުންނާނެ. ކޮންމެ އެޕާޓްމެންޓެއްގައި ވެސް އަލިފާން ނިއްވާ ފުޅިއަކާއި ފަޔާ ބްލޭންކެޓެއް ފްލެޓް ހަވާލު ކުރާ އިރު ދޭނެ. ދޮރު، ކުޑަ ދޮރު، ތަށިމުށި ޖެހުން ހުންނާނީ ނިމިފައި. ފިޓިންސް ހަރުކޮށްފައި. ކޮންމެ އެޕާޓްމެންޓެއްގައި ވެސް ހުންނާނީ ފަޔާ ރޭޓެޑް ދޮރެއް،" އޭނާ ވިދާޅުވި އެވެ.

ފަޔާ ރޭޓެޑް ދޮރެއް ލުމުން، އަލިފާން ހިފާލެއް ލަސްކުރެވޭނެ އެވެ. އެ ދޮރުތަކުގައި އަލިފާން ހިފަން ގާތްގަނޑަކަށް 30 މިނެޓުވަރު ނަގާނެ އެވެ. އަދި ޓަވަރުތަކުގެ ސިޑި ގޮޅީގައި ހުންނަ ދޮރުތަކުގައި އަލިފާން ހިފަން 90 މިނެޓް ނަގާނެ އެވެ. އެހެންވެ އަލިފާނުގެ ހާދިސާއެއް ހިނގާ ހާލަތުގައި މީހުން ނުކުތުމަށް އެ ދޮރުތައް ބޭނުންކުރެވޭނެ އެވެ.