ހުޅުމާލޭގައި ބަހަކާއި ސައިކަލެއް ޖެހި މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ
ހުޅުމާލޭގައި ބަހަކާއި ސައިކަލެއް ޖެހި މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

ހުޅުމާލެ 2 ގައި އެމްޓީސީސީގެ ބަހަކާއި ސައިކަލެއް ޖެހި މީހަކަށް ވަރަށް ބޮޑަށް މިއަދު އަނިޔާވެއްޖެ އެވެ.

ހުޅުމާލޭގައި ބަހަކާއި ސައިކަލެއް ޖެހި މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ
ހުޅުމާލޭގައި ބަހަކާއި ސައިކަލެއް ޖެހި މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

އެ އެކްސިޑެންޓް ހިނގީ ހުޅުމާލެ 2 ގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަދަމުން އަންނަ "އަމަން އުދަރެސް" ފްލެޓްތައް ކައިރީގަ އެވެ.

ފުލުހުން ބުނީ، އެ އެކްސިޑެންޓްގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 9 ޖަހާކަންހާއިރު ކަމަށެވެ.

އެ އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެ މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ.

އެ މީހާ އަށް ލިބުނު އަނިޔާގެ ތަފުސީލު އަދި ނުލިބުނު ނަމަވެސް، ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ މީހާގެ އަތް އޮތީ ވަރަށް ބޮޑަށް މަށައިގެން ގޮސްފަ އެވެ. އޭނާގެ ސައިކަލު ބަހުގައި ޖެހި، ބަހުގެ ބިއްލޫރިގަނޑެއް ވެސް ހުރީ ވަރަށް ބޮޑަށް ތަޅައިގެން ގޮސްފަ އެވެ.