ކަނޑުއަޑީގެ ފުރަތަމަ ކައިވެނި ކެރެލާގައި ބާއްވައިފި
ކަނޑުއަޑީގެ ފުރަތަމަ ކައިވެނި ކެރެލާގައި ބާއްވައިފި

ލޯބިވާ ދެ މީހެއްގެ ހަޔާތުގައި އަލަތު ކައިވެނީގެ ދުވަހަކީ ދުވަހަކު ވެސް ހަނދާން ނައްތާ ނުލެވޭވަރުގެ ހަނދާނެކެވެ. އަދި މި ކައިވެންޏަކީ ދުނިޔޭގެ ތަފާތު ދެ ހިސާބެއްގައި ދިރިއުޅުނު ވަރަށް ތަފާތު ދެ މީހެއްގެ ކައިވެންޏަށް ކައިވެނީގެ ޚާއްސަކަން އިތުރުވެގެންދާނެ ކަމެކެވެ.

ކަނޑުއަޑީގެ ފުރަތަމަ ކައިވެނި ކެރެލާގައި ބާއްވައިފި
ކަނޑުއަޑީގެ ފުރަތަމަ ކައިވެނި ކެރެލާގައި ބާއްވައިފި

އިންޑިއާގެ މަހާރަޝްތުރާގެ މީހެއް ކަމަށްވާ ނިކިލް ޕަވާރް އާއި ސްލޮވާކިޔާގެ މީހެއް ކަމަށްވާ ޔޫނިކާ ޕޮގްރާން އަށް އެ މީހުންގެ ކައިވެނި އިތުރަށް ޚާއްސަވެގެން ދިޔައީ މި ކައިވެންޏަކީ އިންޑިއާގެ ކެރެލާގެ ކޯލަމް ހިސާބުގެ އަރަބިއަން ކަނޑުގެ އަޑީގައި ކުރެވުނު ކައިވެންޏަކަށް ވާތީ އެވެ.

ނިކިލް އަކީ ކޯލަމްގައި މަސައްކަތްކުރާ ޑައިވިން އިންސްޓްރަކްޓަރެކެވެ. ޔޫނިކާ އާއި ބައްދަލުވެ ދެ މީހުން ލޯބީގެ ގޮތުން ގުޅުނީ އެތަނުންނެވެ. ކަނޑުއަޑީގައި ކައިވެނިކުރުމުގެ ޚިޔާލު ނިކިލް އަށް އައުމުން އެކުވެރިއަކު ކައިވެނިކޮށްދޭން އެއްބަސްވި އެވެ.

ދޮޅުގަޑިއިރެއްހާއިރަށް ކަނޑު އަޑީގައި ކުރިޔަށް ދިޔަ މި ކައިވެނީގެ ރަސްމިއްޔާތު އޮގަނައިޒްކުރީ ބޮންޑް އޯޝަން ސަފާރީ އިންނެވެ. މި ތަނަކީ ނިކިލް އިންސްޓްރަކްޓަރެއްގެ ވަޒީފާ އަދާކުރާ ތަނެވެ. މިއީ ސީދާ ކަނޑު އަޑީގައި ބޭއްވި ފުރަތަމަ ކައިވެންޏެވެ.

ކައިވެނީގެ ދެމަފިރިން ކިޔަން ޖެހޭ ބައިތަކާއި ކައިވެނިކޮށްދޭ މީހާ ދައްކާ ވާހަކަތައް ހުރީ ފިލާތަކެއްގައި ލިޔެފަ އެވެ. ބުނަން ޖެހޭ އެއްޗެއް ހިމެނޭ ފިލާ އެ ފަހަރަކު ދިއްކުރަނީ އެވެ. އެގޮތުން ކައިވެނީގެ ކަންތައް ނިންމާލީ ހަމަޖެހިފައިވާ ގޮތަށެވެ. ނިކިލް ޔޫނިކާ ކައިރިން ކައިވެންޏަށް އެހީ ވެސް ކަނޑު އަޑީގަ އެވެ. އެފަހަރު ވެސް އެކަން ކުރީ "ކަލޭ އަހަންނާ ކައިވެނި ކޮށްފާނަންހޭ" އިނގިރޭސިން ލިޔެފައިވާ ލިޔުމެއް ދައްކައިގެންނެވެ.

ކަނޑުއަޑީގައި ކައިވެނިކުރުމަށް މި މީހުން ދެ ދުވަސް މަތިން ތަމްރީނު ހަދާފައި ވެއެވެ. ކައިވެނިކުރުމަށްފަހު ޕާޓީ އޮތީ ފެންމަތީގައި ލަކުޑިން ހަދާފައިވާ ޕްލެޓްފޯމް މަތީގަ އެވެ.