ޓެކާސް ރިސޯޓް ފުޓްސަލް ކަޕް: ބ. އަތޮޅު ބުރުގެ ކުޅުން މާދަމާ
ޓެކާސް ރިސޯޓް ފުޓްސަލް ކަޕް: ބ. އަތޮޅު ބުރުގެ ކުޅުން މާދަމާ

މިއަހަރުގެ ޓެކާސް ފުޓްސަލް ކަޕްގެ ބ. އަތޮޅު ޒޯން ބުރުގެ ކުޅުން މާދަމާ ފަށަން ތައްޔާރު ވެއްޖެ އެވެ.

ބ. އަތޮޅު ބުރުގައި ވާދަ ކުރާނީ ރޯޔަލް އައިލެންޑް ރިސޯޓާއި ދުސިތު ތާނީ މޯލްޑިވްސްގެ އިތުރުން މިލައިދޫ ރިސޯޓާއި ސޮނެވާފުށި ރިސޯޓެވެ.

މި ޒޯންގެ މެޗުތައް ކުރިއަށް ގެންދާނީ ރޯޔަލް އައިލެންޑް ރިސޯޓުގަ އެވެ. ފުރަތަމަ މެޗުގައި ރޯޔަލް އާއި މިލައިދޫ ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ ދުސިތާއި ސޮނެވާ އެވެ.

ބ. އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދާ ޓީމެއް ނޮކައުޓް ބުރަށް ހޮވޭނެ އެވެ. ޗެމްޕިއަން ޓީމު ބައްދަލުކުރާނީ ރ. އަތޮޅު ބުރުގެ ޗެމްޕިއަން ޖޯލި މޯލްޑިވްސްއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވާ ޓީމަކާއި ނ. އަތޮޅުގެ ޗެމްޕިއަނާ ބައްދަލުކޮށް މޮޅުވާ ޓީމަކަށް ސެމީ ފައިނަލުން ޖާގަ ލިބޭނެ އެވެ.

މިއީ ޓެކާސް އިން ރިސޯޓް ފުޓްސަލް ކަޕް ބާއްވާ ދެވަނަ އަހަރެވެ. މިއަހަރުގެ މުބާރާތުގައި މިހާތަނަށް ރ. އަތޮޅާއި ދ. އަތޮޅު ބުރުގެ ކުޅުން ވަނީ ނިމިފަ އެވެ. ދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައި ސެމީގެ ޖާގައެއް ޔަގީން ކޮށްފައި ވަނީ ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓުންނެވެ.