ރިޔާސީ އިންތިހާބު 2023: ފަސް އިދާރާއަކާ އެކު އީސީން ސޮއިކޮށްފި
ރިޔާސީ އިންތިހާބު 2023: ފަސް އިދާރާއަކާ އެކު އީސީން ސޮއިކޮށްފި

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ފަސް އިދާރާއަކާ އެކު މަސައްކަތް ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ސޮއިކޮށްފި އެވެ.

ރިޔާސީ އިންތިހާބު 2023: ފަސް އިދާރާއަކާ އެކު އީސީން ސޮއިކޮށްފި
ރިޔާސީ އިންތިހާބު 2023: ފަސް އިދާރާއަކާ އެކު އީސީން ސޮއިކޮށްފި

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ މައި މަރުކަޒު، ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އީސީން ސޮއިކުރީ ފުލުހުންނާއި ޕޯސްޓް އޮފީހާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަދި ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އާ އެކު އެވެ.

ރިޔާސީ އިންތިހާބު 2023: ފަސް އިދާރާއަކާ އެކު އީސީން ސޮއިކޮށްފި
ރިޔާސީ އިންތިހާބު 2023: ފަސް އިދާރާއަކާ އެކު އީސީން ސޮއިކޮށްފި

އެ އެއްބަސްވުންތަކުގައި އީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ.

އެ ރަސްމިޔާތުގައި ފުއާދު ވިދާޅުވީ، އެ އެއްބަސްވުންތަކުގައި އެ އިދާރާތަކާ އެކު ސޮއިކުރުމާ ގުޅިގެން، ކޮމިޝަންގެ މަސައްކަތަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.

- އިންތިހާބާ ގުޅިގެން ކުރާ ދަތުރުފަތުރާއި ސެކިއުރިޓީގެ ކަންކަމަށް ފުލުހުންގެ ފަރާތުން ވަރަށް ބޮޑު ފަސޭހަތަކެއް ލިބޭނެ.

- އިންތިހާބުގެ މަސައްކަތްތަކަށް ބޭނުންވާ ސިވިލް ސާވަންޓުންގެ އެހީތެރިކަން ސީއެސްސީގެ ފަރާތުން ލިބޭނެ.

- ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެކުލަވާލުމަށް ޑީއެންއާރުގެ އެހީތެރިކަން ލިބޭނެ.

- ވޯޓުފޮށިތައް ރަށްރަށަށް ފޮނުވުމުގައި ޕޯސްޓް އޮފީހުގެ އެހީތެރިކަން ދޭނެ.

- ކައުންސިލްތައް މެދުވެރިކޮށް، އިންތިހާބުގައި ހޯދަން ޖެހޭ އެހީތެރިކަން އެލްޖީއޭ އިން ދޭނެ.

އެ އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއި ކުރެއްވީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދެވެ. މޯލްޑިވްސް ޕޯޓްސް އިން ސޮއި ކުރެއްވީ އެމްޑީ އާދަމް މުހައްމަދެވެ. އެލްޖީއޭގެ ފަރާތުން ސޮއި ކުރެއްވީ އެ އޮތޯރިޓީގެ ޑިރެކްޓަ ޖެނެރަލް ޝައްމޫން އާދަމެވެ.

ސީއެސްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު އެވެ. އަދި ނޭޝަނަލް ރަޖިސްޓްރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އައިޝަތު ރަޝީދާ އެވެ.