ކިންގްސްޓަންއިން ސައިކަލެއް ގަނެގެން ފޯނެއް
ކިންގްސްޓަންއިން ސައިކަލެއް ގަނެގެން ފޯނެއް

ސައިކަލު ވިއްކާ ފިހާރަ ކިންގްސްޓަންއިން "ލިބޭނެ" ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަނުގައި މި މަހު އެ ތަނުން ސައިކަލު ގަންނަ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް އައިފޯން 14 އާއި ސެމްސަންގް ގެލެކްސީ އެސް23 ގެ ތެރެއިން އެމީހަކު ބޭނުން ފޯނެއް ލިބޭނެ އެވެ.

މި ޕްރޮމޯޝަނުގައި ކޮންމެ ވައްތަރެއްގެ ސައިކަލެއް ގަންނަ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ.

ކިންގްސްޓަންއިން އާ ޕްރޮމޯޝަނެއް ފަށާފައި ވާއިރު، މި ދިޔަ ހަފްތާގައި ވަނީ އެ ފިހާރައިން ރޯދަ މަހަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ އިނާމުތައް ލިބުނު ކަސްޓަމަރުންނަށް އިނާމުތައް ހަވާލުކޮށްފަ އެވެ.

ރޯދަ މަހަށް އެ ފިހާރައިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނަކީ އެއް ވަނަ އަށް އުމްރާ ދަތުރެއް، ދެ ވަނަ އަށް އަށް 10،000ރ. އަށް ތިން ވަނަ އަށް 5000ރ. ހުށަހަޅާ ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ.

ކިންގްސްޓަން އަކީ ގިނަ ވައްތަރުތަކެއްގެ ސައިކަލު ވިއްކާތަނެކެވެ. ކިންގްސްޓަންގެ ޝޯރޫމް މާލެ އަދި ހުޅުމާލޭގައި ހުރެ އެވެ.