09 ޖޫން 2023 - 12:28

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި މުހައްމަދު އިބްރާހީމްދީދީ (ތުއްބީގެ މުހައްމާދީ) ރޭގެ ވަގުތެއްގައި އަވަހާރަވެއްޖެ އެވެ.
އައްޑޫގެ ތަރައްގީއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި މުހައްމާދީ އަކީ ހިތަދޫ ކަތީބުކަމާއި، ހިތަދޫ ބޮޑުކަތީބުކަމާއި، އަތޮޅުވެރިޔާގެ އެހީތެރިކަމާއި، އައްޑޫގެ އަތޮޅުވެރިކަން ކުރައްވައިފައިވާ ބޭފުޅެކެވެ.
ރޭ ދަންވަރުގެ ވަގުތެއްގައި އުމުރުން 86 އަހަރުގައި އަވަހާރަވި މުހައްމާދީ އަކީ މިހާރުގެ ޖެންޑަ މިނިސްޓަރު އައިޝަތު މުހައްމަދުދީދީ އާއި ސްޓެލްކޯގެ ޗެއާމަން އަދި ކުރީގެ ބްރިގޭޑިއަލް ޖެނެރަލް އިބްރާހީމް މުހައްމަދުދީދީގެ ބައްޕަ އެވެ.
ދައުލަތަށް 43 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މުހައްމާދީއަށް ވަނީ 2021 ވަނަ އަހަރު ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގަންނަންވާފަ އެވެ.