09 ޖޫން 2023 - 11:21

ހައްޖުވެރިންނަށް އަމާޒުކޮށް އުރީދޫން ހާޢްސަ އޮފާތަކެއް ތައާރަފް ކޮށްފި އެވެ.
އެ އޮފާތަކުގެ ތެރޭގައި ހިމެނެނީ ސައުދީ އައިޑީޑީ ޕެކަކާއި ހައްޖު ސިމްއެކެވެ.
ސައިދީ އައިޑީޑީ ޕެކަކީ 150ރ. އަށް 100 ސައުދީ އައިޑީޑީ މިނެޓާއި ވައިބާ، ވަޓްސްއެޕް ހިމެނޭހެން 1 ޖީބީގެ ސޯޝަލް ޑޭޓާ ލިބޭ ޕެކެކެވެ. މި ޕެކް އުރީދޫގެ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް ވެސް އެކްޓިވޭޓް ކުރެވޭނެ އެވެ.
ޕެކް އެކްޓިވޭޓް ކުރެވޭނީ އުރީދޫ މޮބައިލް އެޕާއި އެސްއެމްއެސް މެދުވެރިކޮށެވެ. އެސްއެމްއެސް މެދުވެރިކޮށް "SD150" ޖަހާފައި 1111އަށް އެސްއެމްއެސްކޮށްގެން އެ ޕެކް އެކްޓިވޭޓްކުރެވޭނެ އެވެ.
އުރީދޫން ހައްޖުވެރިންނަށް ތައާރަފްކުރި ހައްޖު ސިމަކީ 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ސިމެކެވެ. އެ ސިމުން ރޯމިން ވޮއިސް، ޑޭޓާ އަދި އެސްއެމްއެސް ހެޔޮ އަގުގައި ލިބޭނެ އެވެ.
ޕޯސްޓްޕެއިޑް ކަސްޓަމަރުން އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތަކުން ހައްޖު ސިމަކަށް އަޕްގްރޭޑުކުރެވޭނެ އެވެ. އައި ސެލްފް ކެއާ ޕޯޓަލް my.ooredoo.mv އާއި އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތަކަށް ގޮސްގެން ވެސް މި ހިދުމަތް ހޯދޭނެ އެވެ.
ހައްޖު ސިމަށް އަޕްގްރޭޑުކުރާ ކަސްޓަމަރުން ދަތުރުކުރުމުގެ ކުރިން ސިމް އެޕްލިކޭޝަން ސެޓިން "އޮޓޮމެޓިކް" އަށް ސެޓްކޮށްލުމުން ކަސްޓަމަރުންނަށް ފަސޭހައިން ސައުދީ އަރަބިއްޔާގައި ރޯމިންގެ ހިދުމަތް ބޭނުންކުރެވޭނެ އެވެ.
ހައްޖު ސިމް އެކްޓިވޭޓް ކުރުމަށް ފަހު ޕްރީޕެއިޑް ޕްލޭނަކަށް ނުވަތަ ބިލް ކޮންޓްރޯލް ޕޯސްޓްޕެއިޑްއަކަށް، އާދައިގެ ސިމް ކާޑަކަށް ބަދަލުކުރެވޭނެ އެވެ.