އެސްޓާ މެޑްސިޓީން ޓްރީ ޓޮޕަށް ވިޒިޓިން ޑޮކްޓަރުން ގެންނަނީ
އެސްޓާ މެޑްސިޓީން ޓްރީ ޓޮޕަށް ވިޒިޓިން ޑޮކްޓަރުން ގެންނަނީ

އިންޑިއާގެ އެސްޓާ މެޑްސިޓީން ޓްރީ ޓޮޕް ހޮސްޕިޓަލަށް ވިޒިޓިން ޑޮކްޓަރުންގެ ގޮތުގައި ގެނައުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޓްރީ ޓޮޕްއިން ބުނި ގޮތުގައި އެ އެއްބަސްވުމުގެ ސަބަބުން އެ ހޮސްޕިޓަލަށް ސްޕެޝަލައިޒްޑް ޑޮކްޓަރުން ހޯދުމުގައި ދިމާވާ ދަތިތަތަކަށް ހައްލެއް ލިބޭނެ އެވެ. އަދި އެ ތަނުން ހިދުމަތް ދޭ އެކި ދާއިރާތައް ފުޅާކޮށް، ޕޭޝަންޓުންނަށް ދޭ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

އެސްޓާ މެޑްސިޓީއާ އެކު ހެދި އެއްބަސްވުމުގެ ދަށުން ޔޫރޮލޮޖީ، ނިއުރޮލޮޖީ، އެނެސްތެސިއޮލޮޖީ، ޕަލްމޮނޮލޮޖީ، ޕީޑިއޭޓްރިކް އޯތޮޕެޑިކް ސާޖަރީ، ހެމަޓޮލޮޖީ، އޮޓޯރިނޮލަރިންގޮލޮޖީ (އީއެންޓީ)، އޯތޯޕެޑިކް ސާޖަރީ އަދި އޯތޮޑޮންޓިކްސްއިން ސްޕެޝަލައިޑް ޑޮކްޓަރުން ޒިޔާރަތް ކުރާނެ އެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު ސްޕެޝަލްޓީތަކުގެ ޑޮކްޓަރުން ވެސް ޒިޔާރަތްކުރާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

އެސްޓާ މެޑްސިޓީ އަކީ ދިވެހިން އާއްމުކޮށް ރާއްޖެއިން ބޭރުން ސިއްހީ ފަރުވާ ހޯދުމަށް ގޮސްއުޅޭ ހޮސްޕިޓަލުތަކުގެ ތެރޭގައި ހިމެނޭ ހޮސްޕިޓަލެކެވެ.