08 ޖޫން 2023 - 22:20

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްއެމްސީން ކުރި އިއުލާނުގައި ބުނީ ދެ ކެޓަގަރީއަކުން 12 ދާއިރާއަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ވަނީ އަންނަ މަހުގެ ދެވަނަ ދުވަހާ ހަމައަށް ކަމަށެވެ.
(1) ތަހުގީގީ ނޫސްވެރިކަން
(2) ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ ދާއިރާ
(3) ސިޔާސީ
(4) ޝަރުއީ އަދި ގާނޫނީ ދާއިރާ
(5) ވިޔަފާރިއާއި އިގުތިސޯދު
(6) ކުޅިވަރު
(7) ފޮޓޯ ޖާނަލިޒަމް
(8) ވީޑިއޯ ޖާނަލިޒަމް
(9) ގްރެފިކްސް އާއި އިލެސްޓްރޭޝަންސް
(10) ފީޗާ
(11) އުންމީދީ ނޫސްވެރިޔާ
(12) އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ
މީގެ ތެރެއިން އޯޑިއޯ ޖާނަލިޒާމައި ނިއުސް ގްރެފިކްސް އަދި އިލެސްޓްރޭޝަނަށް ހާއްސަ ކެޓަގަރީތަކެއް ތައާރަފުކޮށް އެ އިނާމު ދޭން ފަށާފައި ވަނީ 2021 ވަނަ އަހަރު އެވެ.
މީޑިއާ ކައުންސިލުގެ އުސޫލުގައިވާ ގޮތުން އިނާމަށް ނަން ހުށަހަޅާ ނޫސްވެރިންނަކީ މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން އެ އަހަރުގެ ޑިސެމްބަރު 31 އާ ހަމައަށް މަދުވެެގެން ނުވަ މަސް ވަންދެން މީޑިއާގައި މަސައްކަތްކޮށްފައިވާ ނޫސްވެރިންނަށް ވާންޖެހެ އެވެ.
މީޑިއާ ކައުންސިލުން އަންނަނީ 2014 ވަނަ އަހަރުން ފެށިގެން އެކި ދާއިރާތަކުން ނޫސްވެރިންނަށް އެވޯޑު ދެމުންނެވެ.