08 ޖޫން 2023 - 10:24

ތެލެސީމިއާ ކުދިންގެ ހަށިގަނޑުގައި އިތުރުވާ ދަގަނޑުގެ ބައި ކޮންޓްރޯލްކުރަން ގުޅާ ޑެސްފަރަލް ޝިޕްމަންޓް މި މަހުގެ 14ގައި ލިބޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.
ޑެސްފަރަލް ރާއްޖެއިން ހުސްވެފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަން ފެށީ މި މަހުގެ ދެވަނަ ދުވަހު އެވެ.
ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރު އައިމިނަތު ޝަތުފާ ވިދާޅުވީ ޑެސްފަރަލް ލިބުން ދަތިވީ ރާއްޖެއަށް ބޭސް ފޯރުކޮށްދޭ ކުންފުންޏަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އެކަން ހައްލުވެ، މި މަހުގެ 14ގައި ޑެސްފެރޯލްގެ އާ ޝިޕްމަންޓް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ތެލަސީމިއާއަށް ފަރުވާކުރާ 600 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. މި ފަރުވާ ހޯދަން މީހުން ނެތް އަތޮޅެއް ރާއްޖޭގައި ނެތެވެ.
ބައެއް ސަރަހައްދުތަކުގައި ވަރަށް ގިނައިރު، ޑެސްފަރަލް ހުއްޓުމަކީ ތެލަސީމިއާ ބަލީގެ މީހުންނަށް ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމުގެ ކަންބޮޑުވުންދަނީ ފާޅުކުރަމުންނެވެ.