ކުރިއަށް އޮތް ތިން ދުވަހު ވެސް ވިއްސާރަކުރާނެ، ކަނޑުތައް ގަދަވާނެ!
ކުރިއަށް އޮތް ތިން ދުވަހު ވެސް ވިއްސާރަކުރާނެ، ކަނޑުތައް ގަދަވާނެ!

ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖެއަށް ވިއްސާރަކޮށް، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.

ކުރިއަށް އޮތް ތިން ދުވަހު ވެސް ވިއްސާރަކުރާނެ، ކަނޑުތައް ގަދަވާނެ!
ކުރިއަށް އޮތް ތިން ދުވަހު ވެސް ވިއްސާރަކުރާނެ، ކަނޑުތައް ގަދަވާނެ!

މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދުރާއްޖެ ތެރޭގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެ އެވެ. އަދި ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެތީ މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރެއްވި އެވެ.

ކުރިއަށް އޮތް ތިން ދުވަހު ވެސް ވިއްސާރަކުރާނެ، ކަނޑުތައް ގަދަވާނެ!
ކުރިއަށް އޮތް ތިން ދުވަހު ވެސް ވިއްސާރަކުރާނެ، ކަނޑުތައް ގަދަވާނެ!

"ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު އުތުރާއި މެދު ރާއްޖެތެރޭގައި ކަޅު ވިލާ ގިނަކޮށް މި އުޅެނީ. ވާރޭވެހޭނެ ބޯކޮށް. އަދި ދެކުނަށް އެހާ ވިއްސާރަކޮށެއް ނޫން އުޅެނީ. އެކަމަކު 24 ގަޑިއިރުގެ ފަހުން ހުކުރުގައި ދެކުނަށް ވެސް ވިއްސާރަކުރާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ މިހާރު ރާއްޖެއަށް މި ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. މި ދުވަސްވަރު އަރަބި ކަނޑުގައި ވަރުގަދަ ތޫފާނެއް އުފެދިފައި ވީ ނަމަވެސް، އޭގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދި ހަމަ ލަފާކުރެވެނީ ކުރިއަށް އޮތް ތިން ދުވަހު ވެސް ވަރަށް ވިއްސާރަވާނެ ކަމަށް. އެންމެ ގަދަ ނުވިނަމަވެސް، ކަނޑުވެސް ގަދަކޮށް އުޅެނީ،" އޭނާ ވިދާޅުވި އެވެ.

ވިއްސާރަވެ، ކަނޑުގަދަވެ އަދި ވައިގަދަވާނެތީ ދަތުރުފަތުރު ކުރާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވެސް މިއަދު އިލްތިމާސްކުރި އެވެ. ދަތުރު ފެށުމުގެ ކުރިން މޫސުމާ ގުޅޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށް ފުލުހުން އެދުނެވެ.

"އަދި މޫދު ކުޅިވަރުތަކާއި މޫދަށް އެރި އުޅުމުގެ ކުރިން މޫސުމަށާއި ކަނޑުގެ ހާލަތަށް ބެލުމަށާއި ސަލާމަތާއި ރައްކާތެރިކަން ޔަގީން ކުރުމަށް އިލްތިމާސްކުރަން،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ދުވަސްވަރު ވައިގަދަވާނެތީ ސިނަމާލެ ބްރިޖާއި މާލެ-ހުޅުމާލެ ހައިވޭ ހުރަސްކޮށް ދަތުރުކުރާ މީހުން ވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ.

ބުރުގާ އަޅާ މީހުން ވަޔާއެކު މޫނު މައްޗަށް ބުރުގާ ނުދާނެ ގޮތަށް ބެހެއްޓުމަށާއި ރަނގަޅު ވިއްސާރަ ކޯޓެއް ލައިގެން ދަތުރުކުރުމަށާ އަދި ވައި ބާރުވާ ވަގުތުތަކުގައި އުޅަނދުތަކުގެ ސްޕީޑް ކޮންޓްރޯލް ކުރެވޭ މިންގަނޑެއް ބެހެއްޓުމަށް ވެސް ފުލުހުން ބުންޏެވެ.