ޑުއާ ލިޕާގެ "ލެވިޓޭޓިން" އަކީ ކޮޕީއެއްކަން ސާބިތުކޮށެއް ނުދެވުނު
ޑުއާ ލިޕާގެ "ލެވިޓޭޓިން" އަކީ ކޮޕީއެއްކަން ސާބިތުކޮށެއް ނުދެވުނު

އިނގިރޭސި މަޝްހޫރު ލަވަކިޔުންތެރިޔާ ޑުއާ ލީޕާގެ ހިޓް ލަވަ "ލެވިޓޭޓިން" އަކީ ކޮޕީއެއް ކަމަށް ބުނެ ބަޔަކު ކުރި ދައުވާ އެމެރިކާގެ ލޮސް އެންޖަލީސްގެ ފެޑެރަލް ކޯޓުން ބޭރުކޮށްލައިފި އެވެ.

ޑުއާ އާއި ވާނާ ރެކޯޑްސްއާ ދެކޮޅަށް ދައުވާކޮށްފައި ވަނީ ފްލޮރިޑާގެ ރެގޭ ގްރޫޕް، "އާޓިކަލް ސައުންޑް ސިސްޓެމް" އިންނެވެ. އެ މީހުން ބުނާ ގޮތުގައި، "ލެވިޓޭޓިން" ހަދާފައި ވަނީ އެ ގްރޫޕްގެ ލަވައެއް ކޮޕީކޮށްގެންނެވެ.

އެ މައްސަލައިގެ އަޑުއެހުމުގައި އިންނެވި ފަނޑިޔާރު ނިންމެވީ، ޑުއާގެ ލަވަ ލިޔުނު މީހުން، އާޓިކަލް ސައުންޑް ސިސްޓަމްގެ "ލިވް ޔުއާ ލައިފް" އަށް އެކްސެސް ވެވޭނެ ކަން އެ ގްރޫޕަށް ސާބިތުކޮށް ނުދެވޭ ކަމަށެވެ.

"ލެވިޓޭޓިން" ވަނީ 2021 ވަނަ އަހަރުގެ ބިލްބޯޑް ހޮޓް 100 އެމެރިކާގެ ޗާޓުގެ ދެވަނައިގައި 77 ހަފްތާ ހިފަހައްޓައިފަ އެވެ.

އާޓިކަލް ސައުންޑް އިން ކުރި ދައުވާގައި ބުނީ ޑުއާގެ ލަވަޔާއި އެ މީހުންގެ ލަވައިގެ މެލޮޑީ އާއި ހާމަނީ އަދި އެހެން ބައެއް ކަންކަން އެއްގޮތް ކަމަށެވެ. ނަމަވެސް، ކޯޓުން ނިންމީ ޑުއާގެ ލަވަލިޔުނު އިރު އާޓިކަލް ސައުންޑްގެ ލަވަ ނުފެންނާނެ ކަމަށެވެ.