ބީއެމްއެލްގެ އެހީގައި އެމްބްރޮއިޑަރީގެ މަސައްކަތް ފުޅާކޮށް އާ ތަނެއް ހުޅުވައިފި
ބީއެމްއެލްގެ އެހީގައި އެމްބްރޮއިޑަރީގެ މަސައްކަތް ފުޅާކޮށް އާ ތަނެއް ހުޅުވައިފި

"ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް" ލިބުނު ނިރިސްއެސް އެމްބްރޮއިޑަރީ ރަސްމީކޮށް ހުޅުވައިފި އެވެ.

ބީއެމްއެލްގެ އެހީގައި އެމްބްރޮއިޑަރީގެ މަސައްކަތް ފުޅާކޮށް އާ ތަނެއް ހުޅުވައިފި
ބީއެމްއެލްގެ އެހީގައި އެމްބްރޮއިޑަރީގެ މަސައްކަތް ފުޅާކޮށް އާ ތަނެއް ހުޅުވައިފި

ނިރިސްއެސް އެމްބްރޮއިޑަރީ އަކީ އައިޝަތު ޝައްމަ އާއި މުހައްމަދު ނަޒްލީ، އެ ދެމަފިރިންގެ ގޭގައި އެންމެ ފުރަތަމަ ކުޑަ ގޮތަކަށް ފެށި ވިޔަފާރިއެކެވެ. ބީއެމްއެލްއިން ދިން އެހީގައި އެ ދެމަފިރިން ވަނީ ވިޔަފާރި ފުޅާކޮށް ޒަމާނީ މެޝިނަރީއާ އެކު، ޖާގަ ތަނަވަސް ތަނެއް ހުޅުވައިފަ އެވެ.

ބީއެމްއެލްގެ އެހީގައި އެމްބްރޮއިޑަރީގެ މަސައްކަތް ފުޅާކޮށް އާ ތަނެއް ހުޅުވައިފި
ބީއެމްއެލްގެ އެހީގައި އެމްބްރޮއިޑަރީގެ މަސައްކަތް ފުޅާކޮށް އާ ތަނެއް ހުޅުވައިފި

ޑިޖިޓައިޒްޑް އާޓް އެމްބްރޮއިޑްކުރާ ދެ މެޝިނާ އެކު ހުޅުވި އެ ތަނަށް ކަސްޓަމަރުންނަށް ގޮސް އޯޑަރު ދެވޭނެ އެވެ. އަދި އެ ތަނުގައި ކަސްޓަމަރުންނަށް ފެންނަ ގޮތަށް ނިރޮސްގެ ޕްރޮޑަކްޓުތައް ހުންނާނެ އެވެ.

ބީއެމްއެލްގެ އެހީގައި އެމްބްރޮއިޑަރީގެ މަސައްކަތް ފުޅާކޮށް އާ ތަނެއް ހުޅުވައިފި
ބީއެމްއެލްގެ އެހީގައި އެމްބްރޮއިޑަރީގެ މަސައްކަތް ފުޅާކޮށް އާ ތަނެއް ހުޅުވައިފި

ކަސްޓަމް އެމްބްރޮއިޑަރީގެ އެކި ހިދުމަތްތައް ދޭ ނިރިސްގެ ކޯ ފައުންޑާ ޝައްމަ ބުނީ ބީއެމްއެލްގެ އެހީގައި މަސައްކަތް ކުރުމަށް ހުޅުވި ބޮޑު ޖާގައާ އެކު އަމާޒު ހިފާފައި ހުރީ ޓޫރިޒަމް އިންޑަސްޓްރީން ފުރުސަތުތަކެއް ހޯދުމަށެވެ.

"އަޅުގަނޑުމެން ޕްލޭންކުރަނީ ޓޫރިޒަމް އިންޑަސްޓްރީއަށް އަޅުގަނޑުމެންގެ ޕްރޮޓަކްތައް ނެރުން. އަދި އަޅުގަނޑުމެން ބޭނުން މި މަސައްކަތް އެހެން މީހުންނަށް ދަސްކޮށްދޭން ވެސް." ޝައްމަ ބުންޏެވެ.

ޝައްމައާ އެކު މި މަސައްކަތުގައި އުޅޭ އޭނާގެ ފިރިމީހާ ނަޒްލީ ބުނީ އެ މަސައްކަތަކީ ފިރިހެނުންނާ ވެސް ވަރަށް އެކަށީގެންވާ މަސައްކަތެއް ކަމަށެވެ. ނަޒްލީގެ އާޓްވޯކުތައް ޑިޖިޓައިޒްކުރުމުގައި އިސްކޮށް އުޅޭ އިރު އެ މަސައްކަތުގައި ޓެލްނިކަލް ގިނަ ކަންތައްތަކެއް ހިމެނޭ ކަމަށާއި އެ މަސައްކަތަކީ ކުރިމަގު ތަނަވަސް، ފުޅާކުރެވެން އޮތް މަސައްކަތެއް ކަމަށް ބުންޏެވެ.

ބީއެމްއެލްއިން މިދިޔަ އަހަރު ސްޓާޓްއަޕް ގްރާންޓުގެ ދަށުން ހަތަރު ވިޔަފާރިއަކަށް 500،000ރ. ގެ އެހީ ވަނީ ދީފަ އެވެ. ނިރިސްއެސްއިން ހުޅުވި ތަނަކީ ގްރާންޓުގެ ދަށުން ހުޅުވި ފުރަތަމަ ތަނެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި މިދިޔަ އަހަރުގެ ގްރާންޓު ލިބުނު އިތުރު ތިން ވިޔަފާރިއެއް ވަރަށް އަވަހަށް ހުޅުވާނެ ކަމަށެވެ.

ބީއެމްއެލްއިން މި އަހަރު ވެސް މި ގްރާންޓު ދިނުމަށް ނިންމާފައި ވާއިރު، ގްރާންޓަށް އެޕްލައި ކުރުމުގެ ފުރުސަތު ވަނީ ޖުލައި މަހުގެ ނިޔަލަށް ހުޅުވާލައިފަ އެވެ. މި ގްރާންޓަކީ އަލަށް ފަށަން ބޭނުންވާ ވިޔަފާރިތަކާއި މިހާރު ހިންގަމުންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ދޭ އެހީއެކެވެ.