ނީނާއަށް 60؛ ސަމާސާ ކުރަމުން ބުނީ ތަހުނިޔާގެ ބަދަލުގައި ބޭނުމީ ތައުޒިޔާ ކަމަށް
ނީނާއަށް 60؛ ސަމާސާ ކުރަމުން ބުނީ ތަހުނިޔާގެ ބަދަލުގައި ބޭނުމީ ތައުޒިޔާ ކަމަށް

ބޮލީވުޑްގެ މަޝްހޫރު ތަރި ނީނާ ގުޕްތާއަށް އިއްޔެ ވަނީ 60 އަހަރު ފުރުމުން އެކަން ފާހަގަކޮށް ދޮށީ އުމުރާ ގުޅޭ ގޮތުން ޖޯކު ޖަހައިފި އެވެ..

ނީނާގެ އުފަންދުވަހާ ގުޅިގެން ދަރިފުޅު މަސާބާ ގުޕްތާ ޝެއާކުރި ވީޑިއޯއެއްގައި، 60 އަހަރު ފުރުމުން ކުރެވޭ އިހްސާސްތަކާ ބެހޭ ގޮތުން ދެއްކީ ސަމާސާ ވާހަކަ އެވެ.

"އަހަންނަށް ހީވަނީ 60 އަހަރު ފުރޭ އުފަންދުވަހު މީހުން އަހަންނަށް ތައުޒިޔާ ކިޔަންހެން ޖެހޭނީ. އެއީ އަހަރެންގެ އުމުރު ކުރުވަމުން ދާތީ. އެހެންވެ، އަހަރެން އެއްވެސް އުފަލެއް ނުވޭ އަދި އުފަންދުވަސް ފާހަގަކުރާ ހިތެއް ވެސް ނުވޭ،" ނީނާ ބުންޏެވެ.

ނީނާ ބުނީ އޭނާގެ އުފަންދުވަހުގެ ޕްލޭނަކީ ގޭގައި ހުރެގެން އޭނަ އަށް އެންމެ މީރު ކެއުން ކައްކައިގެން، އޭސީ ކޮޓަރީގައި އާއިލާއާ އެކު އެ ކެއުން ކަމަށެވެ.

އޭނާ އެންމެ ފަހުން ފިލްމަކުން ފެނުނީ ރާނީ މުކަރްޖީގެ "މިސަސް ޗެޓަޖީ ވާސަސް ނޯވޭ" ފިލްމުންނެވެ. ކުރިއަށް ހުރި ބައެއް ޕްރޮޖެކްޓުތަކުގެ ތެރޭގައި ވެބް ސީރިޒަކާއި ކުރު ފިލްމެއްގެ އިތުރުން ފީޗާ ފިލްމު ވެސް ހިމެނެ އެވެ.