04 ޖޫން 2023 - 19:51

ގްރޭޓާ މާލޭ އޭރިއާގެ އިމަޖަންސީ ބެކަޕް ޕަވާޕްލާންޓްގެ މަސައްކަތް ސްޓެލްކޯ އިން މިއަދު ނިންމާލައިފި އެވެ.
ސްޓެލްކޯ އިން ބުނީ މި ޕްރޮޖެކްޓަކީ އެ ކުންފުނީގެ ތާރީހުގައި މިހާތަނަށް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ގިނަ އިންޖީނުތަކެއް ކޮމިޝަންކުރި ޕްރޮޖެކްޓު ކަމަށެވެ. މިއީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފްގެ ސީދާ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި އެ ޕަވާޕްލާންޓާ އެކު 20.2 މެގަވޮޓްގެ ކެޕޭސިޓީގެ ޕަވާ ސެކިއުރިޓީ ގްރޭޓާ މާލޭ އޭރިއާއަށް ކަށަވަރުކުރެވޭނެ އެވެ.
ހޫނު ގަދަ ދުވަސްވަރު މާލޭ ސަރަހައްދުގައި ކަރަންޓު ބޭނުންކުރާ މިންވަރު ރެކޯޑު މިންވަރަކަށް އިތުރުވެ އެވެ. މިއަހަރުގެ އޭޕްރީލް މަހު މާލެ ސަރަހައްދުގައި ކަރަންޓް ބޭނުންކުރި ވަރު 102 މެގަވޮޓަށް ވުރެ މައްޗަށް އެރި އެވެ.