ބްރިޖްގައި ދުއްވާފައި ދިޔަ ކާރެއްގައި ރޯވެއްޖެ
ބްރިޖްގައި ދުއްވާފައި ދިޔަ ކާރެއްގައި ރޯވެއްޖެ

ސިނަމާލެ ބްރިޖްގައި ދަތުރު ކުރަމުންދިޔަ ކާރެއްގައި ދެންމެ ރޯވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ރޯވެފައިވަނީ މާލެއިން ހުޅުމާލެއާ ވީކޮޅަށް ދަތުރު ކުރަމުންދިޔަ ޓެކްސީއެއްގަ އެވެ. އެ ކާރުގައި ރޯވީ ހުޅުލެއާ ވީ ކޮޅުން ބްރިޖް ނިމޭ ހިސާބުގަ އެވެ.

އެ ކާރުގެ ކުރީކޮޅުގައި އަލިފާން ރޯވެ، ވަރަށް ބޮޑަށް އަނދަމުންދާއިރު އަލިފާން ނިއްވުމުގެ މަސައްކަތުގައި ފަޔާ އެންޑް ރެސްކިއު ސާވިސްއިން ދަނީ ހަރަކާތްތެރިވަމުންނެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމެއް އަދި ނޭނގެ އެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ވެސް އަދި ސާފެއް ނުވެ އެވެ.