03 ޖޫން 2023 - 07:43

މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ރިލީޒްކުރި ހިންދީ ފިލްމު "ދަ ކެރެލާ ސްޓޯރީ" އަށް ލިބުނު އާމްދަނީ 230 ކްރޯޑް ރުޕީސް (27 މިލިއަން ޑޮލަރު) ހުރަސްކޮށްފި އެވެ.
އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ ފިލްމަށް ވަނީ 231.6 ކްރޯރް ރުޕީސް (28.7 މިލިއަން ޑޮލަރު) ލިބިފަ އެވެ.
"ދަ ކެރެލާ ސްޓޯރީ" ގައި ކިޔައިދެނީ ހިންދޫ އަންހެނަކު ދީން ހަރުކަށި ފިކުރުގެ ތެރެއަށް ގެންގޮސް ސީރިއާއަށް ފޮނުވާލުމުން އައިސިސްއާ ގުޅެން މަޖުބޫރުވެ އަނިޔާ ލިބޭ ވާހަކައެކެވެ.
މި ފިލްމަކީ މި އަހަރު ނިކުތް ހިންދީ ފިލްމުތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ހޯދާފައިވާ ފިލްމެެވެ. އެންމެ ބޮޑު އާމްދަނީއެއް މި އަހަރު ހޯދީ ޝާހްރުކް ހާންގެ "ޕަތާން" އެވެ.
ގިނަ ބަައެއްގެ ފާޑުކިއުން އަމާޒުވި މި ފިލްމު ރިލީޒް ކުރި ފުރަތަމަ ދުވަސްކޮޅު ބޮޑު ކާމިޔާބީއެއް ބޮކްސް އޮފީހުގައި ހޯދި އެވެ. ފިލްމު އެޅުވިތާ 18 ވަނަ ދުވަހު 200 ކްރޯޑް ރުޕީސް ހުރަސްކުރި ނަމަވެސް، އޭގެ ފަހުން ފިލްމަށް ލިބެމުން ދިޔަ އާމްދަނީ އައީ އެވްރެޖްކޮށް މަދުވަމުންނެވެ.