"ޔޭ ޖަވާނީ ހޭ ދީވާނީ" އަށް 10 އަހަރު ފުރުން ފާހަގަކުރަން ޓީމު އެއްތަން ވެއްޖެ!
"ޔޭ ޖަވާނީ ހޭ ދީވާނީ" އަށް 10 އަހަރު ފުރުން ފާހަގަކުރަން ޓީމު އެއްތަން ވެއްޖެ!

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަޔާން މުކަރްޖީގެ 2013 ވަނަ އަހަރުގެ ބްލޮކް ބަސްޓާ ފިލްމު "ޔޭ ޖަވާނީ ހެއި ދީވާނީ" އަށް 10 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.

"ޔޭ ޖަވާނީ ހޭ ދީވާނީ" އަށް 10 އަހަރު ފުރުން ފާހަގަކުރަން ޓީމު އެއްތަން ވެއްޖެ!
"ޔޭ ޖަވާނީ ހޭ ދީވާނީ" އަށް 10 އަހަރު ފުރުން ފާހަގަކުރަން ޓީމު އެއްތަން ވެއްޖެ!

ބޮޑު މަގުބޫލުކަމެއް ހޯދި އެ ފިލްމަށް 10 އަހަރު ފުރުނީ މިދިޔަ ބުދަ ދުވަހު އެވެ.

އަޔާންގެ އިންސްޓަގްރާމުގައި ޝެއާކުރި ފޮޓޯތަކެއްގައި، ފިލްމުގެ އެންމެ މުހިންމު ރޯލުތަކުން ފެނުނު ދީޕިކާ ޕަދުކޯން އާއި ރަންބީރް ކަޕޫރާއި އަދިތުޔާ ރޯއީ ކަޕޫރް އަދި ކަލްކީ ކީކްލާއި ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރްގެ އިތުރުން ފިލްމުގައި މަސައްކަތްކުރި ޓީމު އެއްކޮށް ތިބިތަން ފެނުނެވެ.

އެ ފޮޓޯތަކުގެ އިތުރުން ފިލްމަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ނެރުނު ވީޑިއޯއާ އެކު އަޔާން ވަނީ އޭނާގެ އިހުސާސްތައް ކެޕްޝަންގައި ޝެއާކޮށްފަ އެވެ.

އަޔާން ބުނިގޮތުގައި "ޔޭ ޖަވާނީ ހޭ ދީވާނީ" ހެދުމަކީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު އެއް އުފަލެވެ. އަދި އެ ފިލްމުން ހާސިލްވި ކަންކަމަކީ އޭނާ އަށް ލިބޭ ދާއިމީ ފަހުރެއް ކަމަށް ވެސް ބުންޏެވެ.

"...އަހަރެންގެ ދެވަނަ ދަރި، އަހަރެންގެ ހިތާއި ފުރާނައިގެ އެއްބައި" އެ ފިލްމު އަޔާން ސިފަކުރާ ގޮތް ބުންޏެވެ.