"އުލުދާގް ހަވީރު" މާދަމާ އާޓިފިޝަލް ބީޗުގައި
"އުލުދާގް ހަވީރު" މާދަމާ އާޓިފިޝަލް ބީޗުގައި

އައިލެންޑް ބެވަރެޖާސް މޯލްޑިވްސް އިން ވަރަށް ފަހުން މާކެޓަށް ނެރުނު "އުލުދާގް" ގެ ބުއިންތަކުގެ ރަހަ ދައްކާލުމުގެ ހާއްސަ ހަރަކާތެއް މާދަމާ ބާއްވަން ނިންމައިފި އެވެ.

"އުލުދާގު ހަވީރު" ގެ ނަމުގައި ބާއްވާ އެ ހަރަކާތް ބާއްވާނީ މިއުޒިކާއި މަޖާ ގޭމުތަކަކާ އެކު ކަމަށް އައިލެންޑް ބެވަރެޖަސް އިން ބުނެ އެވެ. ފޮޓޯ ބޫތެއްގެ އިތުރުން "އުލުދާގް" ގެ ފަސް އުފެއްދުމެއްގެ ރަހަތައް ހިލޭ ބަލާލުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ބުންޏެވެ.

"އުލުދާގް ހަވީރު" އޮންނާނީ މާދަމާ ހަވީރު 4 އިން 6 އަށް އާޓިފިޝަލް ބީޗު ސަރަހައްދުގަ އެވެ.

އައިލެންޑް ބެވަރެޖާސް އިން މާކެޓަށް ނެރެ ވިއްކަމުން ދަނީ "އުލުދާގް ފްރުޓީ ސީމެކްސް" ސްޕާކްލިން މިނަރަލް ވޯޓާގެ ބާވަތްތަކާއި "އުލުދާގް ލެޖެންޑްރީ ގަޒޯޒް" ސްޕާކްލިން ސޮފްޓް ޑްރިންކްސްގެ އުފެއްދުންތަކެވެ. "އުލުދާގް ލެޖެންޑްރީ ގަޒޯޒް" އާއި "ލެޖެންޑްރީ ގަޒޯޒް" އަދި "ލެޖެންޑްރީ ގަޒޯޒް އޮރެންޖް" ވެސް ވަނީ ތައާރަފް ކޮށްފަ އެވެ،

އެ ބުއިންތަކުގެ ރަހަތައް މާދަމާގެ ހަރަކާތުގައި ބަލަލެވޭނެ އެވެ.