ލޯބިގިއްޔަށް "ބެސްޓް ނިއު ހޮޓެލް އެވޯޑް" ލިބިއްޖެ
ލޯބިގިއްޔަށް "ބެސްޓް ނިއު ހޮޓެލް އެވޯޑް" ލިބިއްޖެ

އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސްގެ "ކަލާސް އޮފް އޮބްލޫ" ބްރޭންޑްގެ ދަށުން ރާއްޖޭގައި ހެދި އޯބްލޫ ސެލެކްޓް ލޯބިގިލި ރިސޯޓަށް "ބެސްޓް ނިއު ހޮޓެލް އެވޯޑް" ލިބިއްޖެ އެވެ.

ލޯބިގިއްޔަށް "ބެސްޓް ނިއު ހޮޓެލް އެވޯޑް" ލިބިއްޖެ
ލޯބިގިއްޔަށް "ބެސްޓް ނިއު ހޮޓެލް އެވޯޑް" ލިބިއްޖެ

ލޯބިވެރިންނަށް ހާއްސަ ކޮށްގެން ހުޅުވި އެ ރިސޯޓަށް އެވޯޑް ލިބުނީ، ޓްރެވެލް އޭޖެންސީ، ޓްރިޕްއެޑްވައިޒާގައި ކަސްޓަމަރުގެ ރިވިއުތައް ބިނާކޮށް، އެ އެޖެންސީ ހޮވި އެވޯޑުންނެވެ.

މާލެ ކައިރިން ފަޅެއް ހިއްކައިގެން ހެދި ލޯބިގިލި ރިސޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 15 މިނިޓްގެ ތެރޭގައި ދެވޭނެ އެވެ.

މިދިޔަ އަހަރުގެ މާޗްގައި ހުޅުވި އެ ރިސޯޓުގައި 68 ވިލާ ހަދާފައިވާއިރު އޭގެ ތެރޭގައި ބީޗް ވިލާ އާއި ވޯޓާ ވިލާ ހިމެނެ އެވެ.

ލޯބިގިލި ބޮޑަށް ހާއްސަ ކޮށްފައި ވަނީ ލޯބިވެރިންނާއި ހަނީމޫނަށް ދާން ބޭނުންވާ މީހުންނަށެވެ.

އެޓްމޮސްފިއާ އިން ވަނީ އެ ރިސޯޓުގައި ގެސްޓުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ތަފާތު ހިދުމަތްތައް ތައާރަފު ކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ކެއުމަށް ހާއްސަ ތަންތަނެވެ. ދުނިޔޭގެ ހުރިހާ ކުޒީންއަކަށް ހާއްސަ ރެސްޓޯރެންޓެއް ހުޅުވާފައިވާއިރު، ޓޭކްއަވޭގެ ހިދުމަތް ލިބޭ ގާޑިޔަލެއް ވެސް ރިސޯޓުގައި ހުރެ އެވެ.

ލޯބިގިލި ރިސޯޓުގެ ކަނޑުއަޑީގެ ރެސްޓޯރަންޓަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ބޮޑު ކަނޑުއަޑީގެ ރެސްޓޯރެންޓެންވެ.