ކުރިއަށް އޮތް ދެ ދުވަހު ވައި ގަދަވެ، ކަނޑުތައް ގަދަވާނެ: މެޓް
ކުރިއަށް އޮތް ދެ ދުވަހު ވައި ގަދަވެ، ކަނޑުތައް ގަދަވާނެ: މެޓް

ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖެ އަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިއަދު ލަފާކޮށްފި އެވެ.

މެޓް އޮފީހުގެ ނޫސްބަޔާނެއްގައި ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން މިއަދުން ފެށިގެން ކުރިއަށް އޮތް ދެ ދުވަހު، ހާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގައި ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށެވެ.

އާންމު ގޮތެއްގައި ވައި ޖެހޭނީ ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އެހެންކަމުން، ހާއްސަކޮށް ކަނޑުދަތުރުފަތުރު ކުރާ މީހުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރި އެވެ.

ރާއްޖެއަށް މި އަހަރުގެ ހުޅަނގު މޫސުން ފެށުނީ މިދިޔަ މަހު ކުރީކޮޅުގަ އެވެ.