ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް އޮކްޓޯބަރު މަހު ބާއްވަނީ
ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް އޮކްޓޯބަރު މަހު ބާއްވަނީ

އޭޑީކޭ ހޮސްޕިޓަލުން ކޮންމެ އަހަރަކު ވެސް ބާއްވާ ބްރެއިން އެންޑް ސްޕެއިން ސާޖަރީ އޮކްޓޯބަރު މަހު ބާއްވަން ނިންމާފައިވާކަން އިއުލާނުކޮށްފި އެވެ.

ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް އޮކްޓޯބަރު މަހު ބާއްވަނީ
ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް އޮކްޓޯބަރު މަހު ބާއްވަނީ

އޭޑީކޭ ހޮސްޕިޓަލުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވި ގޮތުގައި މި އަހަރުގެ އެ ކޮންފަރެންސް އޮންނާނީ އޮކްޓޯބަރު މަހު 25 އިން 26 އަށެވެ.

"މި ކޮންފަރެންސަކީ ރާއްޖޭގައި ސިއްހީ ދާއިރާއިން ބާއްވާ އެންމެ ބޮޑު ކޮންފަރެންސް. ކޮންމެ އަހަރަކު ވެސް މި ކޮންފަރެންސަށް ގިނަ ބަޔަކު އިންތިޒާރު ކުރޭ. ކޮންފަރެންސުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން ރަޖިސްޓްރީކުރެވޭނެ." އަފްއާލް ވިދާޅުވި އެވެ.

ބްރެއިން އެންޑް ސްޕައިންގެ ނަމުގައި ކުރިއަށް ގެންދާ ކޮންފަރެންސުގައި އިލްމީ ހޯދުންތައް ހުށަހަޅައި ދާއިރާއާ ގުޅުން ހުރި އެކި މައުލޫތަކަށް މަޝްވަރާ ކުރެ އެވެ. ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޑޮކްޓަރުން ބައިވެރިވާ މި ކޮންފަރެންސްގައި އޭޑީކޭ ހޮސްޕިޓަލުން ދާއިރާއާ ގުޅޭ ގޮތުން ތައާރަފުކުރަންް ނިންމާފައިވާ އާ ހިދުމަތްތައް އިއުލާނު ވެސް ކުރެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މި އަހަރުގެ ކޮންފަރެންސްގެ ވެނިއު ޕާޓްނަރާއި ޑައިމަންޑް ޕާޓްނަރު އިއުލާނުކޮށް އެ ފަރާތްތަކާ އެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ވެނިއު ޕާޓްނަރެއްގެ ގޮތުގައި ސޮއިކޮށްފައި ވަނީ ވިލާ ނޯޓިކާ އެވެ. އެ ތަނުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުއާވިޔަތު އުމަރެވެ. ޑައިމަންޑް ޕާޓްނަރެއްގެ ގޮތުގައި ސޮއިކުރީ ވޯލްޑިވްސް އެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ފަސީހު އެވެ.

މި ކޮންފަރެންސަކީ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ޑޮކްޓަރުން ބައްދަލުވެ، ހިޔާލު ބަދަލުކޮށް، ދާއިރާގެ މައުލޫމާތު މުއްސަނދިކުރަން ލިބޭ ފުރުސަތެކެވެ.

މި ކޮންފަރެންސް އެންމެ ފުރަތަމަ ބޭއްވީ 2017 ވަނަ އަހަރު އެވެ. މިއީ މި ކޮންފަރެންސް ބާއްވާ ހަ ވަނަ އަހަރެވެ.