"ދެޓް ސެވަންޓީސް ޝޯ" ގެ އެކްޓަރު ޑެނީ މާސްޓަސަންގެ މައްޗަށް ރޭޕްގެ ކުށް ސާބިތުވެއްޖެ
"ދެޓް ސެވަންޓީސް ޝޯ" ގެ އެކްޓަރު ޑެނީ މާސްޓަސަންގެ މައްޗަށް ރޭޕްގެ ކުށް ސާބިތުވެއްޖެ

ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ، ނުވަދިހައިގެ ސިޓްކޮމް "ދެޓް ސެވަންޓީސް ޝޯ" ގައި ސްޓީވަން ހައިޑްގެ ރޯލުން ވިދާލި އެކްޓަރު ޑެނީ މާސްޓަސަންގެ މައްޗަށް ރޭޕުގެ ދެ މައްސަލައެއް ސާބިތުވެއްޖެ އެވެ.

"ދެޓް ސެވަންޓީސް ޝޯ" ގެ އެކްޓަރު ޑެނީ މާސްޓަސަންގެ މައްޗަށް ރޭޕްގެ ކުށް ސާބިތުވެއްޖެ
"ދެޓް ސެވަންޓީސް ޝޯ" ގެ އެކްޓަރު ޑެނީ މާސްޓަސަންގެ މައްޗަށް ރޭޕްގެ ކުށް ސާބިތުވެއްޖެ

މިދިޔަ ބުދަ ދުވަހު އެމެރިކާގެ ލޮސް އެންޖަލީސްގެ ސުޕީރިއާ ކޯޓުން ވަނީ 2003 ވަނަ އަހަރު މާސްޓަސަން ދެ އަންހެނަކު ރޭޕްކުރިކަން ސާބިތުވާކަމަށް ހުކުމްކޮށްފަ އެވެ.

"ދެޓް ސެވަންޓީސް ޝޯ" ގެ އެކްޓަރު ޑެނީ މާސްޓަސަންގެ މައްޗަށް ރޭޕްގެ ކުށް ސާބިތުވެއްޖެ
"ދެޓް ސެވަންޓީސް ޝޯ" ގެ އެކްޓަރު ޑެނީ މާސްޓަސަންގެ މައްޗަށް ރޭޕްގެ ކުށް ސާބިތުވެއްޖެ

އޭނާގެ މައްޗަށް ވަނީ ތިން އަންހެނަކު ރޭޕްކުރި ކަމުގެ ތުހުމަތުކޮށް ދައުވާ އުފުލައިފަ އެވެ. އޭގެ ތެރެއިން، އެކަކުގެ މައްސަލައިގާ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

އެ މައްސަލައިގާ މާސްޓަސަން މިހާރު ވެސް ޖަލުގައި ބަންދުކޮށްފައި ވާއިރު 30 އަހަރު ނުވަތަ އުމުރު ދުވަހުގެ ޖަލުހުކުމެއް އަތުވެދާނެ އެވެ.

މާސްޓަސަންގެ މައްޗަށް ރޭޕްގެ ތުހުމަތު އެންމެ ފުރަތަމަ ކުރީ 2017 ވަނަ އަހަރު އެވެ. އޭނާ އެކަމަށް އިންކާރު ކުރި ނަމަވެސް، މާސްޓަސަންއާ ދެކޮޅަށް ދައުވާ އުފުލާފައި ވަނީ ތިން އަހަރުގެ ދިގު ތަހުގީގަކަށް ފަހު އެވެ.

މާސްޓަސަން ރޭޕްކުރި ކަމަށް ބުނާ ތިން އަންހެނުންނަކީ ލޮސްއެންޖަލީސްގައި "ކަލްޓް" ސްޓައިލަށް ހިންގާ ފައްޅިއެއް ކަމަށްވާ "ޗާޗް އޮފް ސައިންޓޮލޮޖީ" އަށް ނިސްބަތްވާ ތިން މީހުންނެވެ. އޭރު އެ މައްސަލަ ނުޖެއްސުނީ އެ ފައްޅީގެ މީހުން އެކަން ސިއްރުކުރުމުން ކަމަށް އެ އަންހެނުން ބުނެ އެވެ.