31 މެއި 2023 - 17:55

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލިހުގެ ބޭފުޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކުރައްވައިފި އެވެ.
އެ ޕާޓީން ކުރި ޓުވީޓެއްގައި ބުނީ، އެއީ މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމާފައި ވާތީ އެ މަނިކުފާނުގެ ސަމާލުކަމަށް ގެންނަން އިލްމުވެރިން ބޭނުންވާ ކަންކަމާ މެދު މަޝްވަރާ ކުރުމުގެ ބައްދަލުވުމެއް ކަމަށެވެ.
އެކަމަކު، ބައްދަލުވުމާ ގުޅޭ ތަފްސީލެއް 2018 އިން ފެށިގެން މި ސަރުކާރާ އެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީން ބުންޏެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާނު މުހައްމަދު ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި، ސަރުކާރުގެ ސިޔާސަތުތަކަށް ވެސް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލިހުގެ ބޭފުޅުން ތާއިދު ކުރައްވާކަން ފާހަގަ ކުރެއްވި ކަމަށެވެ.
އެ އިލްމުވެރިން ތިއްބެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކުގައި ކަމުގެ ޔަގީންކަން ވެސް ދެއްވި ކަމަށް މިއުވާން ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަން ހަދަން މިހާތަނަށް ނިންމީ އަދާލަތު ޕާޓީ އާއި އެމްޑީއޭ އިންނެވެ. މި ސަރުކާރު ހިންގަން އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައިވާ އެހެން ޕާޓީތަކުގެ ތެރެއިން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ނިންމަވާފައި ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރައްވާށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.