31 މެއި 2023 - 15:07

މީގެ ދެ އަހަރު ކުރިން ލ. ގަމުން ދޫކުރި 2،000 އަކަފޫޓުގެ 400 ގޯތީގެ ސައިޒު ބޮޑުކޮށް އަލުން ދޫކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ކައުންސިލްގެ ރައީސް އަހުމަދު ޒަކީ މިއަދު ވިދާޅުވީ 2021 ގައި އެ ރަށުން އޭރު ގޯތި ދިނީ ކޮންމެ ގޯއްޗަކަށް 2،000 އަކަފޫޓުގެ މަގުން ކަމަށެވެ. އެކަމަކު ބަދަލުތަކާ އެކު އަލުން ގޯތި ދެނީ 4،000 އަކަފޫޓުގެ ގޯތި ކަމަށް ޒަކީ ވިދާޅުވި އެވެ.
"ގޯތި ލިބުނު މީހުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އެއީ އޭރު ދިން ގޯތި ސައިޒު ކުޑަވުން. އެކަމުގެ ޝަކުވާތައް ކައުންސިލަށް ދިޔައީ ލިބެމުން. އެހެންވެ ސަރަހައްދު އަލުން ކުރަހައިގެން ކޮންމެ ގޯއްޗަކަށް އިތުރު 2،000 އަކަފޫޓު އިތުރު ކުރީ،" އޭނާ ވިދާޅުވި އެވެ.
ގުދުރަތީ ގޮތުން ރާއްޖޭގެ އެންމެ ބޮޑު އެއް ރަށުން ގޯތި ލިބުނު މީހުންގެ ތެރޭގައި ރަށުން ބޭރު މީހުން ވެސް ހިމެނޭ ކަމަށް ޒަކީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭރު ގޯއްޗަށް ހުޅުވާލުމުން، 1،200 މީހުން ކުރިމަތިލި ކަމަށެވެ.
"އޭގެ ތެރެއިން އެންމެ ބޮޑަށް ޝަރުތު ހަމަވާ 400 މީހުންނަށް ގޯތި ދިނީ. ކޮންމެ ވެސް ވަރަކަށް އުޅޭނެ ރަށުން ބޭރު މީހުން ވެސް، ރަށުން ބޭރު މީހުންނަށް ވެސް ގޯތި ލިބުނީ އެ ޝަރުތު ހަމަވާތީ،" އޭނާ ވިދާޅުވި އެވެ.
އާބަދީގައި 5،400 މީހުން ހިމެނޭ ގަމުގެ ލޭންޑް އޭރިއާގެ ގޮތުގައި 249 ކިލޯމީޓަރު ހިމެނެ އެވެ. އެ ރަށުން މިފަހަރު ގޯތި ދެނީ ރަށުގެ ތިން ސަރަހައްދަކުންނެވެ.